Ads by Stelco

ޚަބަރު

އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތަސް ގޯއްޗަށް ކުރިމަތިލެވޭ ގޮތަށް ހަމަޖައްސަނީ

އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތަސް ގޯއްޗަށް ކުރިމަތިލެވޭ ގޮތަށް ހަމަޖައްސަނީ

ފޭސް 3 ގައި ގޯތި ދޫކުރުމަށް ހިއްކާފައިވާ ބިން ފޮޓޯ: އެމްއޭސީއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 ފެބްރުއަރީ 2026، 12:41

05 ފެބްރުއަރީ 2026، 12:41

އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަށް ކުރިމަތިލެވޭނެ ޚާއްސަ ކެޓަގަރީއެއް ކަނޑައަޅައި، އެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން އިޢުލާނު ކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ ތަނަވަސްކަން އެންމެނަށް ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން، މިހާރު ހުޅުވާލާފައިވާ ސްކީމްތަކަށް ދެ ކެޓަގަރީއެއް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަލަށް އިތުރުކުރާ ކެޓަގަރީތަކުގެ ތެރޭގައި ހިމެނެނީ:

  • އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ކުރިމަތިލެވޭނެ ކެޓަގަރީ.
  • ކުރީ ސަރުކާރުގެ "ބިންވެރިޔާ" ސްކީމުން ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންގެ ތެރެއިން، އެންމެން އެއްބަސްވެ އެ ގޯތި ދޫކޮށްލާ ފަރާތްތަކަށް ޚާއްސަ ކެޓަގަރީ.


ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މި ކޮންމެ ކެޓަގަރީއަކުން 1000 ގޯތި ކަނޑައެޅުމަށް ނިންމާފައިވާ ކަމަށެވެ.

އަނބި ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ކުރިމަތިލެވޭގޮތަށް ވަރަށް އަވަހަށް ހުޅުވާލާނަން. އަދި މިހާރު ޖޮއިންޓްކޮށް ލިބުނު މީހުން އެއްކޮށް ގޯތި ދޫކޮށްލާނަމަ، ކުރިމަތިލިބޭނެ ކެޓަގަރީއެއްވެސް ކަނޑައަޅާނަން،

ރައީސް 

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތު މިދިޔަ އަހަރުގެ ނޮވެމްބަރު 16 ގައި އިޢުލާނުކޮށްފައިވާއިރު، މި ސިޔާސަތުގެ ދަށުން ރަސްމާލެއިން 15,000 ގޯއްޗާއި 7,900 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި މާލޭ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ އިތުރުން މަސްވެރިކަމާއި ފަރުވެރިކަން ފަދަ ސިނާޢަތްތަކަށް ޚާއްސަ ކެޓަގަރީތައް ހިމެނެއެވެ.

ރައްޔިތުންގެ އެދުމުގެ މަތިން މީގެ ކުރިންވެސް ވަނީ ބައެއް އުސޫލުތަކަށް ބަދަލު ގެނެސްފައެވެ. އެގޮތުން ކުރިން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށްވެސް، ވަކި އުސޫލުތަކެއްގެ ދަށުން މިހާރުގެ ސްކީމްތަކަށް ކުރިމަތިލެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މިހާރު ހުޅުވާލާފައިވާ ސްކީމްތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު ގޯއްޗަށް ނަމަ އަންނަ މާރިޗު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް، އަދި ފްލެޓަށް ނަމަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މި ސްކީމްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަހަރުގެ ޖެނުއަރީ 18 ގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450