Ads by Stelco

ޚަބަރު

ސަރުކާރުގެ ރޯދަ ހަދިޔާ: ހެންވޭރު ދަނޑުން ބަހާ މަސްކޭސް ބަހާ މަރުކަޒު ގަލޮޅު ދަނޑަށް ބަދަލުކޮށްފި

ސަރުކާރުގެ ރޯދަ ހަދިޔާ: ހެންވޭރު ދަނޑުން ބަހާ މަސްކޭސް ބަހާ މަރުކަޒު ގަލޮޅު ދަނޑަށް ބަދަލުކޮށްފި

ރޯދަހަދިޔާ ބަހާ މަރުކަޒެއް. ފޮޓޯ: ފަރުދުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 ފެބްރުއަރީ 2026، 04:11

05 ފެބްރުއަރީ 2026، 04:11

ސަރުކާރުން ރައްޔިތުންނަށް ދެއްވާ ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅު ކޭސްތައް ބަހާ މަރުކަޒުތަކުގެ ތެރެއިން ހެންވޭރު ދަނޑުގައި ގާއިމްކޮށްފައިވާ މަރުކަޒު، މިރެއިން ފެށިގެން ގަލޮޅު ދަނޑަށް ބަދަލުކޮށްފިއެވެ.

 ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، 2026 ފެބުރުވަރީ 5 ވަނަ ދުވަހުގެ ރެއިން ފެށިގެން ހެންވޭރު ދަނޑަށް އެޕޮއިންޓްމެންޓް ހައްދަވާފައިވާ ފަރާތްތަކަށް މަސްދަޅު ކޭސް ދޫކުރަމުންދާނީ ގަލޮޅު ދަނޑުންނެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަން ފަށާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ. މި މަސައްކަތަކީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން، ކައުންސިލްތަކާއި، ގައުމީ ދިފާއީ ބާރާއި، އެކި އިދާރާތައް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ސަރުކާރުން ވިދާޅުވީ، ފާއިތުވި ދެ އަހަރުގެ ތަޖުރިބާއަށް ބިނާކޮށް މިއަހަރުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށްފައިވާނެ ކަމަށެވެ. އެގޮތުން، ކިއޫގައި މަޑުކުރަން ނުޖެހި ލުއިފަސޭހަކަމާއެކު ހަދިޔާ ބަލައިގަތުމަށްޓަކައި "ރޯދަ ހަދިޔާ" ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމާއި ޓޯކަން ނެގުމުގެ ނިޒާމެއް ވަނީ ތައާރަފްކޮށްފައެވެ.

ވުޒާރާއިން ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، ގްރެޓާ މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކުރެވިފައިވާ 65,230 ޑޮމެސްޓިކް މީޓަރުގެ ތެރެއިން މިހާތަނަށް 53.5 އިންސައްތަ ގޭބިސީއަށް ވަނީ މަސްދަޅު ކޭސް ދޫކުރެވިފައެވެ. އަދި އަތޮޅުތަކުގެ ހުރިހާ ރަށަކަށް ކަހަލަ ގޮތަކަށް މިހާރު މަސްދަޅު ކޭސްތައް ފޮނުވިފައިވާ ކަމަށާއި، ރަށްރަށުގައި ކޭސް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުން ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާ ކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ، ސަރުކާރަށް އެއް އަހަރު ފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރުން ކުރިއަށްދަނީ ކޮންމެ ރެއަކު 20:30 އިން 23:00 އަށެވެ. ކޮންމެ ރެއަކު 300 ޓޯކަންއަށް މަސްދަޅު ކޭސް ދޫކުރާއިރު، ކޮންމެ ކަރަންޓް މީޓަރަކަށް ކޭހެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450