Ads by Stelco

ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ފުވައްމުލަކުން ދެމީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ފުވައްމުލަކުން ދެމީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލާގައި ފުވައްމުލަކުން ހައްޔަރުކުރި ދެމީހުން. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 ފެބްރުއަރީ 2026، 07:53

05 ފެބްރުއަރީ 2026، 07:53

މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ ތުހުމަތުގައި ފުވައްމުލައް ސިޓީން ދެ މީހަކު ތަފާތު ދެ މައްސަލައެއްގައި ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލަތަކުގައި ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް/ މިސްކިތްމަގު، ނިރިހާ، ޙުސައިން ސައިފު (33އ) އާއި، ޏ. ފުވައްމުލައް/ ފުނާޑު، އެލީނާ، މުޙައްމަދު މޫސާ (72އ) އެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ޙުސައިން ސައިފް ހައްޔަރުކޮށްފައިވަނީ މި ފެބުރުއަރީ މަހުގެ 4 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. ފުވައްމުލައް ސިޓީ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި 19 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. އޭނާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރުމުގެ ތުހުމަތެވެ.

ދެވަނަ މައްސަލައިގައި ހައްޔަރުކުރި މުޙައްމަދު މޫސާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތެވެ. ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކުރީ މާލެއާއި ފުވައްމުލަކާ ދެމެދު ދަތުރުކުރާ ބޯޓަކުން މަސްތުވާތަކެތި އެތެރެކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ތަހުގީގުގެ ތެރެއިންނެވެ. ފެބުރުއަރީ 3 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި އޭނާ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރުގަނޑެއް ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 50.35 ގުރާމު ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙުސައިން ސައިފް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އުމުރުން ދުވަސްވީ މުޙައްމަދު މޫސާ 5 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ގެންދަނީ މި ދެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ފުލުހުން އަންނަނީ އަތޮޅުތެރޭގެ ރަށްތަކުގައިވެސް ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450