Ads by Stelco

ޚަބަރު

ނިއުޒިލޭންޑްގެ ވައިޓަންގީ ދުވަހުގެ ތަހުނިޔާއެ ޤައުމުގެ ޚާރިޖީ ވަޒީރަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ނިއުޒިލޭންޑްގެ ވައިޓަންގީ ދުވަހުގެ ތަހުނިޔާއެ ޤައުމުގެ ޚާރިޖީ ވަޒީރަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ނިއުޒިލެންޑްގެ ޚާރިޖީ ވަޒީރު އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ ޚަލީލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 ފެބްރުއަރީ 2026، 06:36

06 ފެބްރުއަރީ 2026، 06:36

ނިއުޒިލޭންޑްގެ ވައިޓަންގީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ވިންސްޓަން ޕީޓަރސް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

 މި މެސެޖަކީ ނިއުޒިލޭންޑްގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ވައިޓަންގީ މުޢާހަދާގައި ސޮއިކުރުމުގެ އަހަރީ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖެކެވެ.

ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި، ނިއުޒިލޭންޑްގެ ސަރުކާރަށާއި ރައްޔިތުންގެ އިތުރުން ޚާރިޖީ ވަޒީރު ވިންސްޓަން ޕީޓަރސް އަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ވަނީ އަރިސްކުރައްވާފައެވެ.

ދިވެހިރާއްޖެ އާއި ނިއުޒިލޭންޑާ ދެމެދު އޮތް ގުޅުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތީ އިތުބާރާއި، އެއްބައިވަންތަކަމުގެ އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެމެހެއްޓެނިވި އެކުވެރިކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެ ޤައުމުގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިވެގެންދާނެކަން ޔަޤީންކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ނިއުޒިލޭންޑްގެ ޚާރިޖީ ވަޒީރަށް ދުޅަހެޔޮ ސިއްޙަތަކަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް ތަނަވަސްކަމާއި ފާގަތިކަމަށް ޑޮކްޓަރ ޢަބްދުﷲ ޚަލީލް ވަނީ އެދިވަޑައިގެންފައެވެ. ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ ނިއުޒިލޭންޑްގެ ޚާރިޖީ ވަޒީރަށް ކުރައްވާ މަތިވެރި ޤަދަރު އާކުރައްވަމުންނެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450