Ads by Stelco

ޚަބަރު

ދެކުނުގެ ކަނޑުގެ ސަރަހައްދު ބަލަން ފެށިތާ 24 ގަޑިއިރު ނުވަނީސް ލަންކާގެ ދެ ބޯޓް ހިފަހައްޓައިފި

ދެކުނުގެ ކަނޑުގެ ސަރަހައްދު ބަލަން ފެށިތާ 24 ގަޑިއިރު ނުވަނީސް ލަންކާގެ ދެ ބޯޓް ހިފަހައްޓައިފި

ދެކުނުގެ ކަނޑުގެ ސަރަހައްދު ބަލަން ފެށިތާ 24 ގަޑިއިރު ނުވަނީސް ލަންކާގެ ދެ ބޯޓް ހިފެހެއްޓުން. ފޮޓޯ: އެމްއެންޑީއެފް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 ފެބްރުއަރީ 2026، 08:22

06 ފެބްރުއަރީ 2026، 08:22

އްޖޭގެ ދެކުނުގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް އެމްއެންޑީއެފުން ފެށި ހާއްސަ ސަވައިލަންސް އޮޕަރޭޝަނެއްގެ ތެރެއިން، ސްރީލަންކާގެ ދެ މަސް ބޯޓެއް ހިފަހައްޓައިފިއެވެ.

 މި އޮޕަރޭޝަންގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ދަރުމަވަންތައާއި އެމްއެންޑީއެފް އެއާ ކޯގެ ޑްރޯންތައް ދަނީ ބޭނުންކުރަމުންނެވެ.

ޑިފެންސް މިނިސްޓްރީން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ލަންކާގެ މި ދެ ބޯޓު ހުއްޓުވާފައިވަނީ އައްޑޫ ސިޓީ ގަމުގެ ދެކުނުން ގާތްގަނޑަކަށް 104 ނޮޓިކަލް މޭލު ބޭރުންނެވެ. އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ކޯސްޓްގާޑުގެ މަނަވަރުން ދަނީ އެ ސަރަހައްދުގައި އެ ދެ ބޯޓު ވަށާލައިގެން ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން އަދި އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އެ ދެ ބޯޓު ހިފެހެއްޓުމަށްފަހު އެޅި ފިޔަވަޅުތަކެއް ނުވަތަ ބޯޓުތައް މިހާރު އޮތް ތަނެއްވެސް ރަސްމީ އިދާރާތަކުން އަދި ސާފުކޮށްދީފައެއް ނުވެއެވެ.

ދިފާއީ ވުޒާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ އުތުރުން 200 ނޯޓިކަލް މޭލު ނުލިބޭ ސަރަހައްދުތަކުގައި އަވަށްޓެރި ގައުމުތަކާއެކު ވެފައިވާ އެއްބަސްވުންތައް ފިޔަވައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެއްވެސް މިންވަރެއް ގެއްލިގެންދާނެ ފަދަ އެއްވެސް އެއްބަސްވުމެއް ސަރުކާރުން ގާއިމުކޮށްފައި ނުވާނެ ކަމަށެވެ. އަދި ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުން 200 ނޯޓިކަލް މޭލުގެ ފުޅާ ސަރަހައްދެއް ރާއްޖެއަށް ލިބިގެންވާ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މިނިސްޓްރީން އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖޭގެ މިނިވަންކަމާއި ސިއާދަތު ދިފާއުކުރުމާއި، ހާއްސަ އިގްތިސާދީ ސަރަހައްދު ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ ސިފައިންގެ މައިގަނޑު މަސްއޫލިއްޔަތެކެވެ. މި އޮޕަރޭޝަނަކީ ގައުމީ މަސްލަހަތު ހިމާޔަތްކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450