ވިޔަފާރި / ޚަބަރު

ދިވެހީންގެ އުފެއްދުންތައް ޖަޕާނުގައި ވިއްކުމަށް މަޝްވަރާކޮށްފި

ދިވެހީންގެ އުފެއްދުންތައް ޖަޕާނުގައި ވިއްކުމަށް މަޝްވަރާކޮށްފި

ދިވެހިރާއްޖއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ޖަޕާނުގެ އިސްއޮފިޝަލަކާއެކީ ބޭއްވި ބައްދަލުކުރެއްވުން---

farudhun logo

ފަރުދުން

07 ފެބްރުއަރީ 2026، 05:46

07 ފެބްރުއަރީ 2026، 05:46

ދިވެހީންގެ އުފެއްދުންތަކަށް ޚާއްޞަކޮށްފައިވާ އޮތެންޓިކް މޯލްޑިވްސްގެ ތަކެތި ޖަޕާނުގައި ވިއްކުމަށް މަޝްވަރާކޮށްފިއެވެ. 

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މަޚްލޫފް، ޖަޕާނުގެ ޖޭ.އޭ.ޓީ.އެސް ކޯ ލިމިޓެޑްގެ ޑިރެކްޓަރާއި ގްލޯބަލް ޓްރޭޑް ރިސޯސަސްގެ މެނޭޖިންގ ޑިރެކްޓަރާއެކުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައެވެ.

މި ބައްދަލުވުމާ ގުޅިގެން އެކްސްގައި މަޢުލޫމާތު ޚިއްޞާ ކުރައްވަމުން މަޚްލޫފް ވިދާޅިވީ، މި ބައްދަލުކުރެއްވުމަކީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީގެ މެނޭޖްމަންޓުގެ އެދިވަޑައިގަތުމަކަށް އޮތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް ޖަޕާނުގައި މިހާރަށްވުރެ ބޮޑަށް މާކެޓް ކުރެވޭނެ ގޮތްތަކާގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުކުރެއްވުމެއްކަމަށެވެ.

މި ބައްދަލުވުމާ ގުޅިގެން ސަފީރު އިތުރަށް ވިދާޅުވީ، ދިވެހީންގެ އުފެއްދުންތައް ޖަޕާނުގައި އިތުރަށް ވިއްކޭނެ މަގުތައް ފަހިކުރުމަށް މަސައްކަތްކުރަނީ  ޖަޕާނުގައި ހިންގާ 'ވަން ވިލެޖް ވަން ޕްރޮޑަކްޓް' ފިހާރަތައް މެދުވެރިކޮށް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިވެހި އުފެއްދުންތެރިންގެ މަސައްކަތްތައް ބައިނަލްއަޤުވާމީ ބާޒާރަށް ތަޢާރަފުވެ، ފުޅާވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އޮތެންޓިކް މޯލްޑިވްސްއަކީ ދިވެހި އަތްތެރި މަސައްކަތްތެރިންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް މާކެޓްކޮށް ވިއްކުމަށް ބީސީސީން ހިންގާ ޚާއްސަ އިސްނެގުމެކެވެ. އެގޮތުން ބީސީސީން އަންނަނީ ރާއްޖެއާއި ރާއްޖޭން ބޭރުގައިވެސް އޮތެންޓިކް މޯލްޑިވްސް މެދުވެރިކޮށް ދިވެހި އުފެއްދުންތައް މާކެޓްކޮށް ވިއްކުމަށް އެކިގޮތްގޮތުން މަސައްކަތް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450