Ads by Stelco

ޚަބަރު

އައްޑޫ އެކުވެޓޯރިއަލް ހޮސްޕިޓަލުގައި ސަރުކާރުގެ އައިނު ފިހާރަ ހުޅުވައިފި

އައްޑޫ އެކުވެޓޯރިއަލް ހޮސްޕިޓަލުގައި ސަރުކާރުގެ އައިނު ފިހާރަ ހުޅުވައިފި

އައްޑޫގައި ހުޅުވި އެމްސީޖީއެޗް ފިހާރަ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

08 ފެބްރުއަރީ 2026، 09:25

08 ފެބްރުއަރީ 2026، 09:25

އައްޑޫ ހިތަދޫގައި ހުންނަ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ސަރުކާރުގެ އައިނު ފިހާރަ ހުޅުވައިފިއެވެ. މިއީ ސަރުކާރުން އަތޮޅުތެރޭގައި ޤާއިމުކުރުމަށް ނިންމާފައިވާ އައިނު ފިހާރަތަކުގެ ތެރެއިން ޤާއިމްކުރި ފުރަތަމަ ފިހާރައަށެވެ.

އައްޑޫގައި ސަރުކާރުގެ އެމްސީޖީއެޗް އޮޕްޓިކަލްސްގެ ފިހާރަ ހުޅުވައިދެއްވީ ޙެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާޙިމެވެ. 

އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ލޮލުގެ ބަލިތަކަށާއި ނަމްބަރު ނެގުމުގެ ޚިދުމަތް ދެމުންދިޔަ ނަމަވެސް، ފަސޭހައިން އައިނު ލިބޭނެ ގޮތެއް ކުރިން ނޯވެއެވެ. ނަމަވެސް އެމްސީޖީއެޗް ޚިދުމަތާއެކު، ލޮޅުގެ ފަރުވާތައް ހޯދާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް އެ ހޮސްޕިޓަލުން ހާމަކުރެއެވެ.

އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުން މާލެއަށް ބަރޯސާނުވެ، ރަށުން ނުވަތަ ރަށާ ކައިރިން ޚިދުމަތްތައް ލިބޭނެ ގޮތް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މިކަމަކީ ދަތުރުފަތުރުގެ ގޮތުންނާއި މާލީ ގޮތުން ވެސް ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.

އައްޑޫގެ އިތުރުން ކުޅުދުއްފުށީ ސިޓީގައިވެސް ސަރުކާރުން އައިނު ފިހާރައެއް ޤާއިންކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ފޯރުކޮށްދެމުންދާ ބައެއް ތަންތަނުން ހައްދާ ނަންބަރު އައިނުތަކަށް އާސަންދައިގެ ޚިދުމަތް ލިބޭނެގޮތް އާސަންދަ ކޮމްޕެނީ ލިމިޓެޑުން މިހާރު ވަނީ ހަދާފައެވެ. އެ ތަންތަނުގެ ތެރޭގައި މާލެ ސަރަޙައްދުގެ ގިނަ އަދަދެއްގެ ކްލިނިކްތަކާއި އައިނު ފިހާރަތަކާއި، ހޮސްޕިޓަލްތައް ހިމެނޭގޮތަށް ޖުމްލަ 18 ތަނެއް ހިމެނެއެވެ.

މީގެ އިތުރުން ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް މީގެ ކުރިން ދެމުން ދިޔައީ ކޮންމެ ދެއަހަރުން އެއް އަހަރު 1000 ރުފިޔާގެ އެހީތެރި ކަމެކެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އައިނު ހައްދަން ދޭ އެހީ 2000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450