Ads by Stelco

ޚަބަރު

ބޭބީ ފޯމިޔުލާއަކުން ވިހަ މާއްދާއެއް ފެނިގެން ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުން މަނާކޮށްފި

ބޭބީ ފޯމިޔުލާއަކުން ވިހަ މާއްދާއެއް ފެނިގެން ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުން މަނާކޮށްފި

ބޭބީބަޔޯ ފޯމިޔުލާ---

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ފެބްރުއަރީ 2026، 11:23

08 ފެބްރުއަރީ 2026، 11:23

ކުޑަކުދިންނަށް ދޭ ކިރުގެ ބާވަތެއްކަމުގައިވާ ބޭބީބަޔޯއިން ވިހަ މާއްދާއެއް ފެނިފައިވާތީ އެ ބާވަތުގެ ކިރު ރާއްޖެއަށް އެތެރެ ނުކުރުމަށާއި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފިއެވެ.

އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ފަރަންސޭސިވިލާތުގައި އުފައްދާފައިވާ ބޭބީބަޔޯ މަރުކާގެ އިންފެންޓް ފޯމިއުލާ ބައެއް ބެޗްތަކުން "ސެރެއުލައިޑް" ކިޔާ ވިހަ މާއްދާއެއް ފެނިފައިވާ ކަަމަށެވެ.

އެމްއެފްޑީއޭއިން ހާމަކުރި ގޮތުގައި، އެ އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކުމަށް އަދި ނައްތާލުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާއިން އަންގާފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއެސްއެފްއެފް) ގައި ވަނީ އާންމުކޮށްފައެވެ. "ސެރެއުލައިޑް" އަކީ "ބެސިލަސް ސިރިއަސް" ޖަރާސީމު އުފައްދާ ވިހަ މާއްދާއެކެވެ.

މި މާއްދާއިން ތަޣައްޔަރުވެފައިވާ އެއްޗެއް ބޭނުންކުރެވިއްޖެ ނަމަ މޭނުބައިކޮށް ހޮޑުލުން އަދި ބަނޑުގައި ރިއްސުން ފަދަ އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭބީ ބަޔޯ އޮޕްޓިމާ އެކެއްގެ ތިން ބެޗަކާއި ބޭބީ ބަޔާގެ ކެޕްރިއާ އެކެއްގެ އެއް ބެޗް ރާއްޖެއަށް އެތެރެ ނުކުރުމާއި ނުވިއްކުމަށް އަދި ބޭނުން ނުކުރުމަށް ވަނީ އަންގާފައެވެ.

މަނާކޮށްފައިވާ ބެޗްތައް:

  • ބޭބީ ބަޔޯ އޮޕްޓިމާ 1- ބެޗް 900932
  • ބޭބީ ބަޔޯ އޮޕްޓިމާ 1- ބެޗް 894408
  • ބޭބީ ބަޔޯ އޮޕްޓިމާ 1- ބެޗް 900035
  • ބޭބީ ބަޔޯ ކެޕްރިއާ 1- ބެޗް 899014

މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އެމްއެފްޑީއޭގެ ފޯނު ނަންބަރު 7603204 އަށް ގުޅުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450