Ads by Stelco

ޚަބަރު

ރަމަޟާން މަހު ހޮޓާ ރެސްޓޯރެންޓްތައް ދަންވަރު 3 ޖަހަންދެން ހުޅުވާފަ ބެހެއްޓޭނެ

ރަމަޟާން މަހު ހޮޓާ ރެސްޓޯރެންޓްތައް ދަންވަރު 3 ޖަހަންދެން ހުޅުވާފަ ބެހެއްޓޭނެ

ހުޅުމާލޭގައި ހުންނަ ހޮޓަލެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ފެބްރުއަރީ 2026، 05:09

09 ފެބްރުއަރީ 2026، 05:09

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހު ރާއްޖޭގައި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން މިއަދު އިއުލާނުކޮށްފިއެވެ.

އިގްތިސާދީ ތަރައްގީއާ ބެހޭ ވުޒާރާއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ރަމަޟާން މަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދުގެ ވަގުތުތަކުގައި ކަމަށެވެ.

ރަމަޟާން މަހުގެ އިތުރުން، ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުވެސް ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކަށް ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.

މި ނިންމުމަކީ ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ރައްޔިތުންނަށް ފަސޭހަކަމާއެކު ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގައި ހިންގާ ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުން މި ގަޑިތަކަށް އަމަލުކުރުމަށް އިގްތިސާދީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450