Ads by Stelco

ޚަބަރު

އިސްލާމީ ވުޒާރާއަކީ މައުލޫމާތު ހާމަކުރުމާ ގުޅޭ އެންމެހައި ޤާނޫނުތަކަށް އިޙުތިރާމްކުރާ އިދާރާއެއް: ވަޒީރު ޝަހީމް

އިސްލާމީ ވުޒާރާއަކީ މައުލޫމާތު ހާމަކުރުމާ ގުޅޭ އެންމެހައި ޤާނޫނުތަކަށް އިޙުތިރާމްކުރާ އިދާރާއެއް: ވަޒީރު ޝަހީމް

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ފެބްރުއަރީ 2026، 01:13

10 ފެބްރުއަރީ 2026، 01:13

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަކީ މައުލޫމާތު ހާމަކުރުމަށް ނުހަނު ބޮޑު އިސްކަމެއްދޭ އަދި އެކަމާ ގުޅިގެން ހެދިފައިވާ އެންމެހައި ޤާނޫނުތަކަށް އިޙުތިރާމްކުރާ އިދާރާއެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

 ވަޒީރު މިހެން ވިދާޅުވީ އެ ވުޒާރާއިން މައުލޫމާތު ހާމަކުރުމުގައި ގެންގުޅޭ އުސޫލުތަކާ ގުޅޭގޮތުން ދެއްވި ބަޔާނެއްގައެވެ.

ވަޒީރު ޝަހީމް ވިދާޅުވީ، މިހާތަނަށް ވެސް އެ ވުޒާރާއަށް ހުށަހެޅެމުންދާ އެންމެހައި ހުށަހެޅުންތަކަށް ޤާނޫނުގައިވާ ގޮތުގެ މަތިން ޖަވާބުދެމުންދާ ކަމަށެވެ. އަދި އިސްލާމީ ވުޒާރާއަކީ މީޑިއާއާ ނުހަނު ގާތް ގުޅުމެއް ބާއްވާ ވުޒާރާއެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި ވެސް އެ ވުޒާރާ ދެމިއޮންނާނީ އެގޮތުގައި ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

އާރުޓީއައި ހުށަހެޅުންތަކުގެ ތަފްޞީލު:

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤާނޫނުގެ ދަށުން އެ ވުޒާރާއަށް ހުށަހެޅުނު ކަންކަމުގެ ތަފްޞީލު ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، 2024 ވަނަ އަހަރު އެ ވުޒާރާއަށް ޖުމްލަ 60 އާރުޓީއައި ހުށަހެޅުނު ކަމަށެވެ. އެ އަހަރު ނިމުނުއިރު، ހުށަހެޅުނު ހުރިހާ ހުށަހެޅުންތަކަކަށް ޖަވާބުދީ ނިމިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ހާމަކޮށްފައިވާ 2025 ވަނަ އަހަރުގެ ތަފްޞީލަށް ބަލާއިރު، މިހާތަނަށް ވުޒާރާއަށް 41 އާރުޓީއައި ހުށަހެޅިފައިވެއެވެ. މީގެ ތެރެއިން 33 ހުށަހެޅުމަކަށް މިހާރު ވަނީ ޖަވާބު ދެވިފައެވެ. ނަމަވެސް، 8 ހުށަހެޅުމަކަށް ޖަވާބު ނުދެވި ވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި 8 ހުށަހެޅުމަށް ޖަވާބު ނުދެވި ވަނީ ވުޒާރާގެ އިންފޮމޭޝަން އޮފިސަރު ވަޒީފާއިން ވަކިވުމާ ގުޅިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. "އިންފޮމޭޝަން އޮފިސަރު ވަކިވުމާއި ގުޅިގެން ޖަވާބު ނުދެވި ހުރި ކަންކަމަށް ޙައްލު ހޯދުމުގެ މަސައްކަތް އިދާރީ ގޮތުން މިހާރު ދަނީ ކުރެވެމުން،" ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ ވުޒާރާއިން ހާމަކުރި ގޮތުގައި، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެ ވުޒާރާއަށް ހުށަހެޅުނު ކަންކަމާއި އެއަށް ޖަވާބު ދެވިފައިވާ އަދަދުތަކުގެ ފުރިހަމަ ތަފްޞީލު މާދަމާ ރަސްމީކޮށް ހާމަކުރާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
ހ

ހާއުފާ

10/02/2026 13:22

ކިތައްމެ ރަނގަޅަކަށްވެސް ތިޔަކަން އެނގިއްޖެދޯ؟