ދުނިޔެ

އިޒްރާއީލުގެ ތަމްރީނު މަރުކަޒުތަކާއި ސްކޫލްތަކުން ކުޑަކުދިން ހަނގުރާމައަށް ތައްޔާރުކުރަނީ

އިޒްރާއީލުގެ ތަމްރީނު މަރުކަޒުތަކާއި ސްކޫލްތަކުން ކުޑަކުދިން ހަނގުރާމައަށް ތައްޔާރުކުރަނީ

އިޒްރާއިލްގެ ކުޑަކުދިންތަކެއް ހަތިޔާރާއެކު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ފެބްރުއަރީ 2026، 05:05

10 ފެބްރުއަރީ 2026، 05:05

އިޒްރާއީލުގެ ކްލާސްރޫމްތަކުގައި އުމުރުން އެންމެ ހަތް އަހަރުގެ ކުދިން އެއަރސޮފްޓް ބަޑި ހިފައިގެން ހަނގުރާމައިގެ އުކުޅުތައް ދަސްކޮށްދެމުންދާ ކަން ހާމަވެއްޖެއެވެ.

 މިއީ އިޒްރާއީލުގެ މަޖުބޫރު އަސްކަރީ ޚިދުމަތަށް ކުދިން ތައްޔާރުކުރުމުގެ ފުރަތަމަ މަރުހަލާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިޒްރާއީލުގެ އެކި ކަންކޮޅުތަކުގައި އަސްކަރީ ގޮތަށް ތަމްރީނުދޭ ދިހަވަރަކަށް މަރުކަޒު ފާޅުގައި ހިންގަމުންދާއިރު، ސޯޝަލް މީޑިއާގައި މި ތަންތަން ދަނީ އިޝްތިހާރު ކުރަމުންނެވެ. މި މަރުކަޒުތަކުގައި ހަނގުރާމައިގެ ހުނަރުތަކާއި، ހަތިޔާރު ގެންގުޅޭނެ ގޮތާއި، އަސްކަރީ އަދަބުތައް ދަސްކޮށްދެއެވެ. މި ޕްރޮގްރާމްތަކުގައި އުމުރުން އެންމެ ހަތް އަހަރުގެ ކުދިންނާއި، ފުރާވަރުގެ ކުދިންނާއި، ރިޒާވް ސިފައިންގެ އިތުރުން އަންހެނުން ވެސް ބައިވެރިކުރެއެވެ.

ކުޑަކުދިން ތަމްރީނު ކުރަނީ މައިގަނޑު ގޮތެއްގައި އެއަރސޮފްޓް ހަތިޔާރު ބޭނުންކޮށްގެން ހަނގުރާމައިގެ މައިދާނުގައި ހަރަކާތްތެރިވާނެ ގޮތްތަކަށެވެ. މީގެ އިތުރުން، އިޒްރާއީލުގެ އަސްކަރީ މަރުކަޒުތަކަށް ޒިޔާރަތްކޮށް، ސިފައިންގެ މަސައްކަތްތައް ގާތުން ބަލައިލުމުގެ ފުރުސަތު މި ކުދިންނަށް ލިބެއެވެ. މިކަމުގެ ސަބަބުން ކުޑަކުދިންގެ ހިތްތަކުގައި އަނިޔާވެރިކަމާއި ހަނގުރާމައަށް އޮންނަ ބިރުވެރިކަން ކެނޑި، އެކަންކަމަށް އާދަވެގެންދެއެވެ.

ސިޔާސީ މާހިރެއް ކަމަށްވާ ޑރ. ޝީރް ހެވަރް ބަޔާންކުރާ ގޮތުގައި، ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ މި އަސްކަރީ ޕްރޮގްރާމްތައް ހިންގަނީ މިނިސްޓްރީ އޮފް ޑިފެންސް އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެންނެވެ. "ގަޑްނާ" ގެ ނަމުގައި ހިންގާ މި ޕްރޮގްރާމްގެ ދަށުން، އުމުރުން 15 އަހަރުގެ ކުދިންނަށް އަސްކަރީ ތަމްރީނުތައް ދެއެވެ. މި ޕްރޮގްރާމްތަކަކީ ހަމައެކަނި ޔަހޫދީ ސްކޫލްތަކަށް ޚާއްސަ ކުރެވިފައިވާ ޕްރޮގްރާމްތަކެކެވެ.

މި ޕްރޮގްރާމްތަކުގެ ތެރެއިން ބައެއް ކުދިންނަށް ޑްރޯން މަރާމާތު ކުރުމާއި، އިންޓެލިޖެންސް މަސައްކަތްތަކާއި، ހަތިޔާރުގެ އުކުޅުތައް ދަސްކޮށްދެއެވެ. ޑރ. ހެވަރް ފާހަގަކުރެއްވި ގޮތުގައި، ބައެއް ހާލަތްތަކުގައި އުމުރުން 18 އަހަރު ނުފުރޭ ކުދިން އަސްކަރީ އޮޕަރޭޝަންތަކުގައި ބޭނުންކުރަން ފަށާފައިވެއެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އަޚްލާގީ މިންގަނޑުތަކާ ޚިލާފު ކަމެކެވެ.

އިޒްރާއީލުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކޮންމެ އަހަރަކު ގާތްގަނޑަކަށް 19,000 ކުޑަކުދިންނާއި ޒުވާނުން ގަޑްނާ ޕްރޮގްރާމްތަކުގައި ބައިވެރިވެއެވެ. މީގެ އިތުރުން، 4,500 އާއި 5,800 އާ ދެމެދުގެ އަދަދަކަށް ޒުވާނުން އަހަރެއްހާ ދުވަހުގެ އަސްކަރީ އެކަޑަމީތަކުގައި ތަމްރީނު ހޯދާއިރު، ސްކޫލްތަކުގައި ހިންގާ އެކި ހަރަކާތްތަކުގެ ޒަރީއާއިން އަހަރަކު 41,000 އަށްވުރެ ގިނަ ކުދިންނަށް މިފަދަ ތަމްރީނުތައް ފޯރުކޮށްދެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450