Ads by Stelco

ޚަބަރު

ނާރުގެ ބަލިތަކާއި ސްޓްރޯކަށް ހާއްސަ ސެންޓަރެއް ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމުކޮށްފި

ނާރުގެ ބަލިތަކާއި ސްޓްރޯކަށް ހާއްސަ ސެންޓަރެއް ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމުކޮށްފި

ނާރުގެ ބަލިތަކާއި ސްޓްރޯކަށް ހާއްސަ ސެންޓަރެއް ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމުކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ފެބްރުއަރީ 2026، 05:37

10 ފެބްރުއަރީ 2026، 05:37

ދަރުމަވަންތަ ހޮސްޕިޓަލުގައި ނާރުގެ ބަލިތަކާއި ސްޓްރޯކްތަކަށް ހާއްސަ ސެންޓަރެއް ގާއިމުކޮށް، އެ ސެންޓަރުގެ ހިދުމަތްތައް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

އިއްޔެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި "ނޭޝަނަލް ސެންޓާ ފޯ ނިއުރޯސައިންސް އެންޑް ސްޓްރޯކް" އިފްތިތާހުކޮށްދެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމެވެ.

އައިޖީއެމްއެޗުން ހާމަކުރި ގޮތުގައި މި ސެންޓަރު ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ތިބެގެން ނާރުގެ ބަލިތަކަށް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މި ސެންޓަރުގެ ސަބަބުން ކުރިމަގުގައި ރޮބޮޓިކް ޓެކްނޮލޮޖީ ފަދަ ޒަމާނީ ވަސީލަތްތަކާއެކު ސިކުނޑިއާއި މައި ބަދައިގެ އޮޕަރޭޝަންތައް ރާއްޖޭގައި ކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި ސްޓްރޯކް ޖެހޭ މީހުންނަށް އަވަސް ފަރުވާ ފޯރުކޮށްދެވޭނެ ނިޒާމެއްގެ ތެރެއިން މުޅި ރާއްޖެ ވިއުގައެއްގެ ތެރެއިން ގުޅުވާލުމަށް ވަނީ ރޭވިފައެވެ.

އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާ ގުޅިގެން ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ނިންމާފައެވެ. މީގެ ސަބަބުން ކޮންމެ ސަރަހައްދެއްގައި ހުރި ނަމަވެސް، ކޮންމެ ރައްޔިތަކަށްވެސް ފެންވަރު ރަނގަޅު ނާރުގެ ފަރުވާ ލިބިގެންދާނެ ކަމަށް އައިޖީއެމްއެޗުން ވިދާޅުވިއެވެ. މިދިޔަ އަހަރުތަކުގެ ތެރޭގައި ނާރުގެ ބަލިތަކާ ގުޅުންހުރި އާ ފަރުވާތަކާއި އޮޕަރޭޝަންތައް ފަށާފައިވާއިރު، މިފަދަ ބަލިތަކަށް ފަރުވާ ހޯދަން ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާކަން އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.

މި ސެންޓަރުގައި ރާއްޖެއިން މިހާރު ލިބެން ނެތް ހާއްސަ ލެބޯޓަރީ ޓެސްޓުތަކާއި، ވީޑިއޯ އީއީޖީ، ނިއުރޯ ނެވިގޭޝަން ގައިޑެޑް ސާޖަރީގެ އިތުރުން ނިއުރޯ ސާޖިކަލް އައިސީޔޫގެ ހިދުމަތް ތައާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް އެންޑޯވަސްކިއުލާ ދާއިރާއިން ޑޮކްޓަރުން ތަމްރީނުކުރުމަށް ދެ އަހަރު ދުވަހުގެ ފެލޯޝިޕް ޕްރޮގްރާމެއް ހިންގުމަށްވެސް ވަނީ ނިންމާފައެވެ.

މި ސެންޓަރުގެ ސަބަބުން ބަލިތައް ކުރިއާލައި ދެނެގަނެވި، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު މަދުވާނެއެވެ. ވަކިން ހާއްސަކޮށް ކުޑަކުދިންނަށް ދިމާވާ ނާރުގެ އަދި ސިކުނޑީގެ ބަލިތަކަށް އަވަސް ފަރުވާ ލިބިގެންދާނެއެވެ. ސެންޓަރުގެ ހިދުމަތް ފެށޭއިރު ރާއްޖޭގެ ފުންނާބު އުސް ޑޮކްޓަރުން ކަމަށްވާ ޑރ. އަހުމަދު ރަޝީދު، ޑރ. އަލީ ނިޔާފް އަދި ޑރ. ސަމާހަތު ބަލިމީހުން ބައްލަވާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450