ޚަބަރު
ސުނާމީ ބިނާ ހުރި ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީ އިން ފަށައިފި
ސުނަމީ ބިނާ މައިޒާން/ފޮޓޯ: މިހާރު
ސުނާމީ ބިނާ ހުރި ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީ އިން ފަށައިފި އެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ސުނާމީ ބިނާ ހުރި ސަރަޙައްދުގެ ހުޅަނގު ފަރާތުގައި ޖަހާފައިވާ ޝީޓްފައިލްތައް ހަލާކުވެ، ވެލިގަނޑު ދަމައިގަންނަމުންދާތީ އެ ސަރަޙައްދުގެ ޝީޓް ޕައިލްތައް އާކޮށް، ކީވޯލް މަރާމާތުކުރުމުގެ މަސައްކަތާއި، އެ ސަރަޙައްދަކީ ހިތްފަސޭހަ މައިދާނަކަށް ހެދުމުގެ މަސައްކަތް މިއަދު އެމްޓީސީސީ އިން ފަށާފައިވާ ކަމަށެވެ.
ސުނާމީ ބިނާ ހުރި ސަރަޙައްދުގެ ހުޅަނގު ފަރާތުގައި ޖަހާފައިވާ ޝީޓްފައިލްތައް ހަލާކުވެ، ވެލިގަނޑު ދަމައިގަންނަމުންދާތީ އެސަރަޙައްދުގެ ޝީޓް ޕައިލްތައް އާކޮށް، ކީވޯލް މަރާމާތުކުރުމުގެ މަސައްކަތާއި، އެ ސަރަޙައްދަކީ ހިތްފަސޭހަ މައިދާނަކަށް ހެދުމުގެ މަސައްކަތް މިއަދު އެމް.ޓީ.ސީ.ސީ އިން… pic.twitter.com/7GCs1plcxc
— Abdulla Muththalib (@muththo) February 10, 2026
ހަމަ އެހެންމެ، މިއީ މާލޭގައި ހުރި އެކި އެކި ޕާކުތަކާއި މައިދާންތަކަކީ ރައްޔިތުންނަށް ހިތްފަސޭހަ ތަންތަނަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.