Ads by Stelco

ޚަބަރު

ސައިންސްގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ފަސްޓްލޭޑީ ގޮވާލައްވައިފި

ސައިންސްގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ފަސްޓްލޭޑީ ގޮވާލައްވައިފި

މެޑަމް ސާޖިދާ މުޙައްމަދު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ފެބްރުއަރީ 2026، 04:29

11 ފެބްރުއަރީ 2026، 04:29

ސައިންސްގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

އެކަމަނާ މިކަމަށް ގޮވާލެއްވީ، ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ބައިނަލްއަޤުވާމީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ އަނބިކަނބަލުން ވިދާޅުވީ، ސައިންސްގެ ދާއިރާއަކީ ވަކި ބަޔަކަށް ޚާއްޞަ ދާއިރާއެއް ކަމަށް ދެކޭ ދެކުންތަކުގެ ސަބަބުން، ގޭތެރެއާއި ކްލާސްރޫމްތަކުގައި އަދި މަސައްކަތުގެ މާޙައުލުގައި އަންހެން ކުދިންނަށް އަދިވެސް ގޮންޖެހުންތަކާ ކުރިމަތިވަމުންދާ ކަމަށެވެ. މި ދުވަހަކީ ސައިންސްގެ ދާއިރާއިން ކުރިއަށް ދިއުމަށް ހުވަފެން ދެކޭ އަންހެން ކުދިންނާއި، އެކުދިންނަށް ހިތްވަރު ދޭ ބެލެނިވެރިންނާއި މުދައްރިސުންގެ މަސައްކަތް ފާހަގަކުރުމަށް ޚާއްޞަ ދުވަހެއްކަންވެސް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

އެކަމަނާގެ ޕޯސްޓުގައި އަންހެން ކުދިންގެ ހުނަރާއި ޤާބިލުކަން ފުރިހަމައަށް ބޭނުން ކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ، އެކުދިންނަށް ލިބޭ ހިތްވަރާއި ފުރުޞަތުތައް މަދުވުން ކަމަށް ވިދާޅުވިއެވެ. އަދި މި ހުރަސްތައް ގިނަ ފަހަރަށް ކުރިމަތިވަނީ، ކުދިންގެ އުމުރުގެ ކުރީކޮޅުގައި ކަމާއި މިއީ، ދުނިޔޭގެ ފެންވަރުގައި ކުރިމަތިވެފައިވާ ސީރިއަސް ގޮންޖެހުމެއް ކަމަށާއި، މިއީ އެންމެން ގުޅިގެން ޙައްލުކުރަންޖެހޭ މައްސަލައެއްކަންވެސް ފާހަގަކުރެއްވިއެވެ.

ސައިންސްގެ ދާއިރާއިން އަންހެން ކުދިން ހޯދަމުންދާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވިދާޅުވީ، "ދިރާސާތަކުން ދައްކާގޮތުގައި ސައިންސާއި، ހިސާބު ފަދަ މާއްދާތަކުން އަންހެން ކުދިންނަކީ ފިރިހެން ކުދިންނާ އެއްވަރަށް ނުވަތަ އެއަށްވުރެ މޮޅަށްވެސް ނަތީޖާ ހޯދާ ކުދިން،" ކަމަށެވެ.

މެޑަމް ސާޖިދާ ވަނީ ވަކި އަމާޒެއްގެ ދަށުން މަސައްކަތްކޮށް، އަންހެން ކުދިންނަށް އޮތް ފުރުޞަތުތައް އިތުރުކުރުމަށް ޢިލްތިމާސް ކުރައްވާފައެވެ. މިގޮތުން ސައިންސްގެ ދާއިރާއިން އަންހެނުން ހޯދަމުންދާ ކާމިޔާބީތަކުގެ އަގުވަޒަންކޮށް އެކަންކަން ފާހަގަކުރުމުގެ މުހިންމުކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450