Ads by Stelco

ޚަބަރު

ރަމަޟާންމަހަށް ހަނދުބެލުމަށް ބާއްވާ ޖަލްސާ މިމަހުގެ 17 ވަނަ ދުވަހުގެރޭ

ރަމަޟާންމަހަށް ހަނދުބެލުމަށް ބާއްވާ ޖަލްސާ މިމަހުގެ 17 ވަނަ ދުވަހުގެރޭ

ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ މިމަހު 17ގައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ފެބްރުއަރީ 2026، 05:31

11 ފެބްރުއަރީ 2026، 05:31

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދު ބެލުމުގެ ރަސްމީ މަސައްކަތްތައް މި ހިނގާ ފެބްރުއަރީ މަހުގެ 17 ވާ އަންގާރަ ދުވަހު ކުރިޔަށްދާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ހާމަކުރައްވައިފިއެވެ. ޑީޖޭއޭއިން މަޢުލޫމާތުދެއްވާ ގޮތުގައި، ހަނދު ބެލުމުގެ މަސައްކަތް އެ ދުވަހުގެ ހަވީރު 17:30 އިން ފެށިގެން ކުރިއަށް ދާނެއެވެ.

މިކަމަށްޓަކައި މާލޭގައި ހުންނަ ޑީޖޭއޭގެ އިދާރާގެ އިތުރުން، އަތޮޅުތަކުގެ ކައުންސިލް އިދާރާތަކާއި، ރަށު ކައުންސިލްގެ އިދާރާތަކާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތައް އެ ވަގުތުގައި ހުޅުވާފައި ބެހެއްޓުމަށް ވަނީ ހަމަޖައްސަވާފައެވެ. މިއީ ހަނދު ފެނިގެން ހެކިބަސް ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރެވޭ އިންތިޒާމެކެވެ.

ހަނދު ފެނިގެން ހެކިބަސް ދިނުމުގެ އިންތިޒާމުތަކާ ގުޅޭގޮތުން ޑީޖޭއޭއިން ވިދާޅުވީ، މާލޭގައިނަމަ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅު މަތީގައި އަދި ރަށްރަށުގައިނަމަ މެޖިސްޓްރޭޓުންގެ ކުރިފުޅުމަތީގައި ހެކިބަސް ދެވޭނެ ކަމަށެވެ. މެޖިސްޓްރޭޓަކު ނެތް ރަށެއްނަމަ، އެ ރަށެއްގެ ކައުންސިލް ހިންގުމާ ޙަވާލުވެ ހުންނެވި އިސްވެރިޔަކަށް ހެކިބަސް ދެވޭނެ ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.

ހަނދު ފެނިގެން މަޢުލޫމާތު ދޭއިރު، ހަނދު ހުރި މިސްރާބާއި އުސްމިން ފަދަ މުހިންމު ތަފްސީލުތައް ހިއްސާކުރަން ޖެހޭނެއެވެ. އަދި ހަނދު ފެނިގެން ހެކިބަސް ދޭން އަންނަ ފަރާތްތަކުގެ ދަތުރުފަތުރުގެ ޚަރަދު ދައުލަތުން ހަމަޖައްސައިދޭ ގޮތަށް ވަނީ ނިންމަވާފައެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު 3340828 ނަންބަރަށް ގުޅައިގެން ސާފުކުރެވޭނެއެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 18 ވާ ބުދަ ދުވަހެވެ. ހަނދު ފެނުމާ ގުޅޭ ރަސްމީ ނިންމުން ނިންމުމަށް ބާއްވާ ޖަލްސާ އޮންނާނީ 17 ވާ އަންގާރަ ދުވަހުގެ ރޭގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450