Ads by Stelco

ޚަބަރު

ކަރަންޓު ވިއުގަ އަޕްގްރޭޑު ކުރާތީ މިއަދު މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ކަރަންޓު ވިއުގަ އަޕްގްރޭޑު ކުރާތީ މިއަދު މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާލޭ ސިޓީ---

farudhun logo

ފަރުދުން

12 ފެބްރުއަރީ 2026، 10:22

12 ފެބްރުއަރީ 2026، 10:22

ކަރަންޓު ވިއުގަ އަޕްގްރޭޑު ކުރުމުގެ މަސައްކަތެއް މިއަދު މާލޭގައި ކުރިޔަށްގެންދިއުމަށް ހަމަޖެހިފައި ވަތީ، މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިދާނެކަމަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ހާމަކޮށްފިއެވެ.

އެގޮތުން މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 2:00 އާއި 3:30 އާއި ދެމެދުކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މި މަސައްކަތާ ގުޅިގެން ކަރަންޓު ކެނޑިދާނެ ސަރަޙައްދުތައް:

  • ސައްޔިދުކިލެގެފާނު މަގު
  • ޝަހީދު ކުޑަނެވިތުއްތުމަނިކު ހިނގުން
  • ޒަމާނީ ގޯޅި 
  • މަޖީދީ މަގު ހިމެނޭ ސަރަޙައްދު

މަސައްކަތާ ގުޅިގެން ކަރަންޓު ކެނޑިދާނެ ސަރަޙައްދުތައް---

ކަރަންޓުގެ ޚިދުމަތް މެދުކެނޑެނީ، ކުންފުނިން ކަރަންޓުގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ޒަމާނީ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން، ޚިދުމަތް ކޮންމެހެން މެދުކަނޑާލައިގެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ކަމަށް ސްޓެލްކޯއިން ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450