Ads by Stelco

ޚަބަރު

ކެނޑިޑޭޓުންގެ ނަންބަރު ތަރުތީބުކުރުމަށް މުޅި ރާއްޖޭގައި ގުރުއަތުލުން ބާއްވައިފި

ކެނޑިޑޭޓުންގެ ނަންބަރު ތަރުތީބުކުރުމަށް މުޅި ރާއްޖޭގައި ގުރުއަތުލުން ބާއްވައިފި

މާލޭ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ކެނޑިޑޭޓު ނަންބަރު ތަރުތީބުކުރުން / ފޮޓޯ: ޕީއެސްއެމް ނިއުސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

12 ފެބްރުއަރީ 2026، 12:25

12 ފެބްރުއަރީ 2026، 12:25

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ކެނޑިޑޭޓު ނަންބަރު ތަރުތީބުކުރުމަށް މުޅި ރާއްޖޭގައި ގުއަތުލުން ބާއްވައިފިއެވެ.

ކެނޑިޑޭޓު ނަންބަރު ތަރުތީބުކުރުމުގެ ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ މުޅިރާއްޖޭގައި އެއްވަގުތެއްގައެވެ. އަދި ގުރުއަތު ނަގަން ފަށާފައިވަނީ މިއަދު 10:00ގައެވެ. 

މާލެ ސިޓީގައި ގުރުއަތު ނެގުން ކުރިއަށްގެންގޮސްފައި ވަނީ އިންތިޚާބާ ބެހޭ މަރުކަޒުގައެވެ. އެއީ މާފަންނުގައި، ކުރީގެ ޑްރަގް ކޯޓު ހިންގި އިމާރާތެވެ.

ސިޓީތަކާއި އެހެނިހެން ރަށްތަކުގައި ގުރުއަތު ނެގުން ކުރިޔަށް ގެންގޮސްފައި ވާނީ ކައުންސިލް އިދާރާގައި ނުވަތަ އެ ރަށެއްގެ ކައުންސިލުން ކަނޑައަޅާފައިވާ ތަންތަނުގައެވެ.

މާލޭ ސިޓީގެ މޭޔަރުކަމަށް ސަރުކާރުގެ ފަރާތުން ވާދަކުރާ މޫސާ އަލީ ޖަލީލްއަށް ލިބިވަޑައިގެންނީ ކެނޑިޑޭޓު ނަންބަރު 4އެކެވެ.

އަދި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޓިކެޓުގައި އިންތިޚާބުގައި ވާދަކުރައްވާ އާދަމް އާޒިމްއަށް ލިބިލެއްވީ ކެނޑިޑޭޓު ނަންބަރު 3އެކެވެ.

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި 2،994 ކެންޑިޑޭޓުން ވާދަކުރުމަށް ވަނީ ހުށައަޅާފައެވެ.
ނަން ތަރުތީބުކޮށްފައިވާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް އިލެކްޝަންސް ކޮމިޝަންއިން ރަސްމީކޮށް އިޢުލާނު ކުރާނީ ހޮނިހިރު ދުވަހުކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450