Ads by Stelco

ޚަބަރު

ޖަލުގައި މަރުވި ދެ ގައިދީއެއްގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިފި

ޖަލުގައި މަރުވި ދެ ގައިދީއެއްގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިފި

މާފުށި ޖަލު---

farudhun logo

ފަރުދުން

12 ފެބްރުއަރީ 2026، 12:48

12 ފެބްރުއަރީ 2026، 12:48

ޙުކުމް ތަންފީޒުކުރަމުން ދަނިކޮށް ޖަލުގައި މަރުވި ދެ ގައިދީއެއްގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. 

ޙުކުމް ތަންފީޒުކުރަމުން ދަނިކޮށް މިމަހުގެ 2 ވަނަ ދުވަހު މަރުވެފައިވަނީ، އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ ދަފްތަރު ނރ. 439، އުމުރުން 53 އަހަރުގެ އިބްރާހިމް ސުޙެއިލްއާއި، ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ ސ. ހިތަދޫ، ދިއްގާގަސްދޮށުގެ، އުމުރުން 45 އަހަރުގެ ޙަސަން ނިޔާޒްއެވެ.

މީގެތެރެއިން އިބްރާހިމް ސުޙެއިލްގެ ސިއްޙީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއް ފަހުން އޭނާ މަރުވީ ނިއުމޯނިއާ ޖެހިގެންނެވެ. މީގެ އިތުރުން ޙަސަން ނިޔާޒް މަރުވީ އޭނާއަށް ކުއްލި މެޑިކަލް އިމަރޖެންސީއެއް ދިމާވެ، ހުޅުމާލޭ ހޮސްޕިޓަލުގައި އަވަސް ފަރުވާދެމުން ދަނިކޮށެވެ.

މި ދެ މީހުން ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާކަން ހާމަކޮށްފައި ވަނީ އާދީއްތަ ދުވަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450