Ads by Stelco

ޚަބަރު

ދަރިފުޅުގެ އުމުރުން 2 އަހަރު ވަންދެން ޑިއުޓީ ވަގުތުގައި ވެސް ދަރިފުޅަށް ވަގުތު ދެވޭ ގޮތަށް އިސްލާހެއް

ދަރިފުޅުގެ އުމުރުން 2 އަހަރު ވަންދެން ޑިއުޓީ ވަގުތުގައި ވެސް ދަރިފުޅަށް ވަގުތު ދެވޭ ގޮތަށް އިސްލާހެއް

ތުއްތު ކުއްޖަކު ބޮޑު މީހަކާ އެކު / ފޮޓޯ: ޔުނިސެފް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

12 ފެބްރުއަރީ 2026، 01:33

12 ފެބްރުއަރީ 2026، 01:33

ދަރިފުޅުގެ އުމުރުން 2 އަހަރު ވަންދެން ޑިއުޓީ ވަގުތުގައި ވެސް މަންމައަށް ދަރިފުޅަށް ވަގުތު ދެވޭ ގޮތަށް ޤާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، ކޮންގްރެސް ޕާޓީއަށް ނިސްބަތްވާ މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒެވެ.

ވަޒީފާއާ ބެހޭ ޤާނޫނުގައި މިހާރު އޮންނަ ގޮތުން، މުވައްޒަފަކު ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީއަށްފަހު އެނބުރި ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށް، ދަރިފުޅުގެ އުމުރުން 1 އަހަރު ވަންދެން ދަރިފުޅު ކައިރިއަށް ދިއުމަށް ދުވާލަކު ދެ ފަހަރު 30 މިނެޓުގެ ވަގުތުކޮޅެއް ލިބޭނެއެވެ. 

ނަމަވެސް ޤާނޫނަށް ގެންނަން ހުށަހެޅި އިސްލާހުގައި ވަނީ، ދަރިފުޅުގެ ކަންކަން ކޮށްދިނުމަށް ދަރިފުޅުގެ އުމުރުން 2 އަހަރު ވަންދެން ދުވާލަކު ދެ ފަހަރު 30 މިނެޓުގެ ވަގުތުކޮޅެއް ދިނުމަށެވެ. އަދި މި ހުސްވަގުތުކޮޅު ދޭން ޖެހޭނީ މުސާރައިން ނުކެނޑޭ ގޮތަށްކަމަށް ވެސް ބުނެފައި ވެއެވެ.

ވަޒީފާއާ ބެހޭ ޤާނޫނުން، ކޮންމެ މުވައްޒަފަކަށްވެސް ޑިއުޓީ ވަގުތުން 1 ގަޑިއިރުގެ ހުސްވަގުތު ދޭން ޖެހެއެވެ. ނަމަވެސް ވިހެއުމަށްފަހު ދަރިފުޅަށް ދެ އަހަރުވަންދެން އެ ދަރިފުޅު ކައިރިއަށް ދިއުމަށް މަންމައަށް ދޭންޖެހޭ ވަގުތަކީ މި ވަގުތުގެ އިތުރަށް ދޭންޖެހޭ ވަގުތެކެވެ.

މި އިސްލާހުގައި ވަޒީފާއިން ވަކިކުރުމުގައި ދޭންޖެހޭ މުއްދަތަށް އިސްލާހު ގެނައުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން، މިހާރު ޤާނޫނުގައި 6 މަސް ދުވަހާއި 1 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ވަޒީފާގައި ހުރި މުވައްޒަފަކު ވަކިވާނަމަ ދެ ހަފުތާގެ މުއްދަތެއް ދޭންޖެހޭ ކަމަށް ކަނޑައަޅާފައިވާއިރު އިސްލާހުގައި 1 އަހަރަށްވުރެ ދިގު ނޫން މުއްދަތެއްގައި ވަޒީފާގައި އުޅޭ ކޮންމެ މުވައްޒަފަކުވެސް 2 ހަފުތާގެ ނޯޓިސް ދޭންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450