Ads by PNC

ޚަބަރު

ޅެންވެރީންގެ ދުވަހުގެ ޙަރަކާތްތަކަށް ވަޒީރު އާދަމް ނަޞީރު އައްޑޫ ސިޓީ ހިތަދޫއަށް ވަޑައިގެންފި

ޅެންވެރީންގެ ދުވަހުގެ ޙަރަކާތްތަކަށް ވަޒީރު އާދަމް ނަޞީރު އައްޑޫ ސިޓީ ހިތަދޫއަށް ވަޑައިގެންފި

ވަޒީރު އައްޑޫއަށް ވަޑައިގަތުން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

14 ފެބްރުއަރީ 2026، 12:12

14 ފެބްރުއަރީ 2026، 12:12

2026 ވަނަ އަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އައްޑޫ ސިޓީ ހިތަދޫއަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި ވުޒާރާގެ ޚާއްޞަ މުޝީރު ނިޝަން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އުތީމު އާދަމް ޢަބްދުއްރަޙުމާނާއި، އެ ވުޒާރާގެ ބައެއް އިސް މަސްޢޫލުވެރީން ބައިވެރިވެވަޑައިގެންނެވިއެވެ. ދިވެހި ބަހުގެ އެކަޑަމީން އިންތިޒާމުކުރާ މި ރަސްމިއްޔާތަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދާއި އެކަޑެމީގެ ނައިބު ރައީސާއި އެތައް ޅެންވެރީންނެއް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ޅެންވެރީންގެ ދުވަސް ކޮންމެ އަހަރަކުވެސް ޚާއްޞަވަނީ ދިވެހި އަދަބިއްޔާތުގެ ގަދަފަދަ ތަނބެއް ކަމަށްވާ އަލްމަރުޙޫމް އިބްރާހީމް ޝިހާބަށެވެ. މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ ޙަރަކާތްތައް ހިތަދޫގައި ކުރިއަށްދާއިރު، ދުވަހުގެ ރަސްމީ ޖަލްސާ ތަޚްސީޞްކުރެވިފައި ވަނީ އައްޑޫ ސިޓީއަށް ނިސްބަތްވާ ކެމީ ޙަސަން ލަބީބަށެވެ. މީގެ އިތުރުން، މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޅެންވެރިކަމުގެ ފަންނު ކުރިއެރުވުމަށާއި، ޅެންވެރީންގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމަށް "ޅެންވެރީންގެ ގުންޒަރު"ގެ ނަމުގައި ޚާއްޞަ ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޅެންވެރީންގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ފެބުރުއަރީ 14 ވާ ހޮނިހިރު ދުވަހުގެ ރޭ (މިރޭ) އައްޑޫ ސިޓީ ހިތަދޫގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450