ކުޅިވަރު / ޚަބަރު

2025ގެ ކާމިޔާބީތައް ފާހަގަކުރާ އެވޯޑު ހަފުލާ މިއަހަރު ފަހުކޮޅު ބާއްވަނީ

2025ގެ ކާމިޔާބީތައް ފާހަގަކުރާ އެވޯޑު ހަފުލާ މިއަހަރު ފަހުކޮޅު ބާއްވަނީ

2024 ވަނައަހަރުގެ ކުޅިވަރު އެވޯޑް ހަފްލާގެ ތެރެއިން ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 ފެބްރުއަރީ 2026، 02:55

14 ފެބްރުއަރީ 2026، 02:55

"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025" ގެ ނަމުގައި އަންނަ އާދިއްތަ ދުވަހުގެ ރޭ ބާއްވާ ކުޅިވަރުގެ ޝަރަފުވެރި އެވޯޑް ހަފްލާއަކީ 2024 ވަނަ އަހަރުގެ ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ ހަފްލާއެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި އެވޯޑް ހަފްލާގެ ނޮމިނޭޝަންތަކާ ގުޅިގެން އާންމުންގެ ފާޑުކިއުންތަކެއް އަމާޒުވެފައިވާތީ، އެކަން ސާފުކޮށްދިނުމުގެ ގޮތުން އެ ވުޒާރާއިން ބުނީ، 2024 ވަނަ އަހަރުގެ ކާމިޔާބީތައް ފާހަގަކުރާ ހަފްލާ އެ އަހަރުގެ ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރި ނަމަވެސް، އެކި ސަބަބުތަކާ ހުރެ އެ ހަފްލާ މިއަހަރަށް ފަސްކުރަން ޖެހުނީ ކަމަށެވެ.

ކުޅިވަރު ވުޒާރާއިން އިތުރަށް ބުނި ގޮތުގައި، 2025 ވަނަ އަހަރުގެ ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2026" މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

މިހާރު ސޯޝަލް މީޑިއާގައި އާންމުކުރަމުންދާ ނޮމިނޭޝަންތަކާ ގުޅޭގޮތުން އެ ވުޒާރާއިން ތަފްސީލް ދެމުން ބުނީ، އެތުލީޓުންނާއި، ކޯޗުން، އޮފިޝަލުން، ނޫސްވެރިން އަދި ފޮޓޯގްރާފަރުންގެ ނޮމިނޭޝަންތަކަކީ އެ ވުޒާރާގެ ދައުރެއް އޮންނަ ކަމެއް ނޫން ކަމަށެވެ. އެއީ ކަމާގުޅޭ ކުޅިވަރު އެސޯސިއޭޝަންތަކުން ނިންމާ ކަންކަން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

2024 ވަނަ އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ކުޅިވަރު ކާމިޔާބީތަކުގެ އަގުވަޒަންކުރުމަށް ބާއްވާ މި ބޮޑު ހަފްލާ އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ (15 ފެބުރުއަރީގައި) ގަލޮޅު ރަސްމީ ދަނޑުގައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450