Ads by PNC

ޚަބަރު

ހއ. ފިއްލަދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ބިންގާ އަޅައިފި

ހއ. ފިއްލަދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ބިންގާ އަޅައިފި

ހއ. ފިއްލަދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ބިންގާ އެޅުން ފޮޓޯ: އާރްޑީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 ފެބްރުއަރީ 2026، 03:01

14 ފެބްރުއަރީ 2026، 03:01

ހއ. ފިއްލަދޫގެ ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް، ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއް ކަމަށްވާ، އެ ރަށު ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ބިންގާ މިއަދު ރަސްމީކޮށް އަޅައިފިއެވެ.

ފިއްލަދޫގައި އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ. މި ރަސްމިއްޔާތުގައި ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނާޡިމާއި، ހެލްތު ސަރވިސްގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ މުޙައްމަދު ޖަމީލް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުޙުﷲ ޙަސަންއާއި ކައުންސިލް މެންބަރު މުޙައްމަދު މޫސާވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން ފިއްލަދޫ ޞިއްޙީ މަރުކަޒަށް ބޭނުންވާ އިމާރާތުގެ ޖާގަ އިތުރުކޮށް، ޒަމާނީ ވަސީލަތްތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އެ ރަށުގެ ރައްޔިތުންނަށް ރަށުން ލިބޭ ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ލުއިފަސޭހަކަން ލިބިގެންދާނެ ކަމެކެވެ.



ޞިއްޙީ މަރުކަޒުގެ މަޝްރޫޢުގެ އިތުރުން، ފިއްލަދޫގެ މަގު ހެދުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުވެސް ވަނީ މި ދަތުރުގެ ތެރެއިން އެ ރަށުގައި ބާއްވާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450