ޚަބަރު
ކުރުނބާ ރިސޯޓް ކައިރީ އޮތް ކަންނެލި ދޯންޏެއްގައި އަލިފާން ރޯވެއްޖެ
ކުރުނބާ ރިސޯޓް ކައިރީ އޮތް ކަންނެލި ދޯންޏެއްގައި އަލިފާން ރޯވެ އަނދަނީ ފޮޓޯ: މެރިން ޕޮލިސް
ކުރުނބާ މޯލްޑިވްސް ރިސޯޓް ކައިރިން ދަތުރުކުރަމުންދިޔަ މަސްދޯންޏެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު (14 ފެބްރުއަރީ 2026) މެންދުރުފަހު 14:54 އެހައިކަންހާއިރުއެވެ. މި ހާދިސާ ހިނގި ވަގުތު އެ ދޯނީގައި 15 މީހުން ތިބި ކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ފަރުވާ ދިނުމަށްޓަކައި މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެމީހުން މާލެ ގެނައުމަށް ބޭނުންކުރަމުންދަނީ ކުރުނބާ މޯލްޑިވްސް ރިސޯޓުގެ އުޅަނދެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.