ވިޔަފާރި / ޚަބަރު

ރަމަޟާން މަހުގެ ކަރަންޓު ބިލުތަކަށް ޚާއްޞަ ޑިސްކައުންޓެއް ދިނުމަށް ރީޑިންގ ނެގުމުގެ މަސައްކަތް ފަށަނީ

ރަމަޟާން މަހުގެ ކަރަންޓު ބިލުތަކަށް ޚާއްޞަ ޑިސްކައުންޓެއް ދިނުމަށް ރީޑިންގ ނެގުމުގެ މަސައްކަތް ފަށަނީ

ސްޓެލްކޯގެ މުވައްޒަފެއް ފޮޓޯ: ސްޓެލްކޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 ފެބްރުއަރީ 2026، 03:47

14 ފެބްރުއަރީ 2026، 03:47

ރަމަޟާން މަހުގެ ކަރަންޓު ބިލުތަކަށް ޚާއްޞަ ޑިސްކައުންޓެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުމާ އެއްގޮތަށް، އެ މަހަށް ވަކި ބިލެއް ތައްޔާރުކުރުމަށްޓަކައި މީޓަރު ރީޑިންގ ނެގުމުގެ މަސައްކަތް ކުރިއަށް އޮތް ފެބުރުވަރީ 16 އަދި 17 ގައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމަކީ ރަމަޟާން މަހު އާންމު ރައްޔިތުންގެ ޖީބުތަކަށް ލުޔެއް ހޯދައިދިނުމުގެ މަގުސަދުގައި ނިންމަވާފައިވާ ނިންމެވުމެކެވެ. މި ނިންމެވުމުގެ ދަށުން، ރަމަޟާން މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށްވުރެ ބޮޑު ނުވާނެހެން ކަސްޓަމަރުންނަށް ޑިސްކައުންޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިކަމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ދޭގޮތުގައި، ރަމަޟާން މަހަށް ވަކި ބިލެއް ތައްޔާރުކުރުމަކީ ކޮންމެ ގެއަކަށްވެސް ސަރުކާރުން ކަނޑައަޅާފައިވާ މި ލުއި ފަސޭހަކަން އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. އެހެންކަމުން، 2026 ފެބުރުވަރީ 16 އަދި 17 ވަނަ ދުވަހު މީޓަރު ރީޑިންގ ނެގުމަށް ކުރިއަށްދާ ހަރަކާތުގައި ހުރިހާ ކަސްޓަމަރުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި ނިންމެވުމުގެ ސަބަބުން ރަމަޟާން މަހު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވި ނަމަވެސް، ރައްޔިތުން އުފުލަންޖެހޭ މާލީ ބުރަ ކުޑަވެގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ޙައްލު ހޯދައިދީ، އަސާސީ ޚިދުމަތްތަކުގެ އަގު ރައްޔިތުންނަށް އަތްފޯރާ ފަށެއްގައި ބެހެއްޓުމެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450