Ads by PNC

ޚަބަރު

އަނިޔާވި 5 މީހުންނަށް މިހާރު މާލެ ގެނެސް އަންނަނީ ފަރުވާދެމުން : ފުލުހުން

އަނިޔާވި 5 މީހުންނަށް މިހާރު މާލެ ގެނެސް އަންނަނީ ފަރުވާދެމުން : ފުލުހުން

ފުލުހުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ ފޮޓޯ: އެމްއެންޑީއެފް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 ފެބްރުއަރީ 2026، 04:22

14 ފެބްރުއަރީ 2026، 04:22

ކ. ދޫނިދޫ ކައިރިން 15 މީހުންނާއެކު ދަތުރުކުރަމުންދިޔަ މަސް ދޯންޏެއްގައި މިއަދު މެންދުރުފަހު އަލިފާނުގެ ހާދިސާއެއް ހިނގައި، މި ހާދިސާގައި އަނިޔާވި 5 މީހުންނަށް މިހާރު މާލެ ގެނެސް އަންނަނީ ފަރުވާދެމުންނެވެ. އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި 3 ބިދޭސީންނެވެ. މިހާދިސާ ހިނގިވަގުތު ދޯނީގައި ޖުމްލަ 15 މީހުންތިބިކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، ކުރުބާ މޯލްޑިވްސް ރިސޯޓް ކައިރިން ދަތުރުކުރި މި މަސް ދޯނީގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 14:54 ހާއިރުއެވެ. ހާދިސާ ހިނގި ސަރަހައްދުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނާއި ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.

އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި، ދޯނީގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ. އަދި އަލިފާނުގެ ހާދިސާ ހިނގުމާއެކު، އަނިޔާވި މީހުން މާލެ ގެނައުމުގެ މަސައްކަތް ކުރުބާ މޯލްޑިވްސްގެ އުޅަނދެއްގައި ވަނީ ކޮށްފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450