Ads by PNC

ޚަބަރު

ވަކި ބޭފުޅެއްގެ ދަރިއަކަށްވީތީ އެވޯޑަކަށް ނޮމިނޭޓްވުމަކީ ކުށެއްތޯ؟ ޢަލީ ޢާރިފް

ވަކި ބޭފުޅެއްގެ ދަރިއަކަށްވީތީ އެވޯޑަކަށް ނޮމިނޭޓްވުމަކީ ކުށެއްތޯ؟  ޢަލީ ޢާރިފް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރު އަލީ އާރިފް ފޮޓޯ: އަވަސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 ފެބްރުއަރީ 2026، 10:17

14 ފެބްރުއަރީ 2026، 10:17

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ނޮމިނޭޝަންތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ދޮށީ ފިރިހެން ދަރިކަލުން އުމައިރު މުޙައްމަދު މުޢިއްޒު ނޮމިނޭޓްވުމާ ގުޅުވައިގެން ބައެއް ފަރާތްތަކުން އަމާޒުކުރަމުންދާ ފާޑުކިޔުންތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރު ޢަލީ ޢާރިފް ރައްދު ދެއްވައިފިއެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޢަލީ ޢާރިފް ވަނީ، ވަކި ބޭފުޅެއްގެ ދަރިއަކަށްވީތީ ސްޕޯޓްސް އެވޯޑަށް އުމައިރު ނޮމިނޭޓްވުމަކީ ކުށެއްތޯ ސުވާލު އުފައްދަވާފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، އުމައިރުގެ އިތުރުން ނޮމިނޭޓްވި އަނެއް ހަތަރު ކުދިންގެ ތެރޭގައިވެސް ސިޔާސީ ބޭފުޅުންގެ ކުދިން އެބަތިއްބެވެ. އަދި އެ ކުދިންނަށް އެ ފުރުސަތު ލިބިފައިވަނީ އުމައިރު ފަދައިން އެކުދިންގެ ކިބައިގައި ހުރި ހުނަރުވެރިކަމުގެ ސަބަބުންކަން ފާހަގަކުރެއްވިއެވެ.



ވަޒީރު ޢަލީ ޢާރިފް އިތުރަށް ވިދާޅުވީ، ކުޑަކުދިންގެ ހައްގުތަކަށް އަރައިގަތުމަކީ މިނިވަން ނޫސްވެރިކަމެއް ނޫން ކަމަށާއި، އަދި އެއީ ސިޔާސީ މިނިވަންކަމެއް ވެސް ނޫން ކަމަށެވެ. މިފަދަ އަމަލުތަކަކީ ފާޅުކަން ބޮޑު ގޮތެއްގައި އެ ކުދިންގެ ހައްގުތަކަށް އަރައިގަތުން ކަމަށް ވިދާޅުވެ، ވަޒީރު ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450