ކުޅިވަރު

މިދިޔަ އަހަރުގެ ހިތި ހަނދާންތައް ފޮހެލަމުން ނައިވާދޫއިން ގޯލްޑަން ފުޓްސަލް ޗެލެންޖު ކާމިޔާބުކޮށްފި

މިދިޔަ އަހަރުގެ ހިތި ހަނދާންތައް ފޮހެލަމުން ނައިވާދޫއިން ގޯލްޑަން ފުޓްސަލް ޗެލެންޖު ކާމިޔާބުކޮށްފި

ނައިވާދޫއިން ފުރަތަމަ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖު ކާމިޔާބުކުރުން / ފޮޓޯ: އިމޭޖަސްއެމްވީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

15 ފެބްރުއަރީ 2026، 07:52

15 ފެބްރުއަރީ 2026، 07:52

މިދިޔަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލުން ބަލިވުމުން ކުރެވުނު ހިތި ތަޖުރިބާގެ ހަނދާންތައް ފޮހެލަމުން، ނައިވާދޫ ފުޓްސަލް ޓީމުން ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ކާމިޔާބުކޮށްފިއެވެ. މިއީ އެ ރަށަށް މި މުބާރާތް ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ. 

މިދިޔަ އަހަރުގެ ފައިނަލުގައި ކާށިދޫއާ ދެކޮޅަށް ކުޅެ ނައިވާދޫ ބަލިވިއިރު، ކާށިދޫގެ ކޯޗަކަށް ހުރި އަލީ ހައިސަމް (ޗުމްޕު)އަކީ މި ފަހަރުގެ މުބާރާތުގައި ދެއްވަދޫ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. އެހެންކަމުން މިއީ ނައިވާދޫއަށް މި އަހަރުގެ ފައިނަލްގެ ކާމިޔާބީ މުހިންމުވި އިތުރު ސަބަބެއްކަމަށް ޤަބޫލުކުރެވެއެވެ.

ރެހެންދި ފުޓްސަލް ދަންޑުގައި ދެއްވަދޫ ފުޓްސަލް ޓީމާ ދެކޮޅަށް ހޮނިހިރު ދުވަހުގެރޭ ކުޅުނު މި މެޗު ނައިވާދޫއިން ކާމިޔާބުކުރީ 9-3ގެ ބޮޑު ތަފާތަކުންނެވެ. 

ފައިނަލުގައި ފުރަތަމަ ލީޑު ނެގީ ދެއްވަދޫއިންނެވެ. މެޗު ފަށައިގެން 15 ސިކުންތު ކުޅެވުނުތަނާ މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙުމަދު ރާހިލް ރަޝީދުއެވެ.

އެ ގޯލަށްފަހު މޮޅު ކުޅުމެއް ދައްކަމުންދިޔަ ނައިވާދޫން ވަނީ ތިން މިނެޓުގެ ތެރޭގައި ނަތީޖާ ހަމަހަމަކޮށްފައެވެ. މުޙައްމަދު އިމްރާން ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނައިވާދުއަށް ނަތީޖާ ހަމަހަމަކޮށްދިނީ އަހުމަދު ޙަލީމް (އައްމަޑޭ)އެވެ.

ފުރަތަމަ ހާފުގައި ނައިވާދޫއިން ވަނީ އިތުރު ތިން ގޯލު ކާމިޔާބުކޮށްފައެވެ. ނައިވާދުއަށް އެ ގޯލުތައް ކާމިޔާބުކޮށްދިނީ މުޙައްމަދު ޝާފިޢު އާއި ކެޕްޓަން ޔާމީން މުހައްމަދު (ޔާންޓެ) އަދި އައްމަޑޭއެވެ. އެހެންކަމުން ފުރަތަމަ ހާފު ވެސް ނިމުނީ ނައިވާދޫއިން ބޮޑު ލީޑެއްގައި އޮވެގެނެވެ.

ފަހު ހާފުގައި ދެއްވަދޫގެ ރާހިލް އިތުރު ގޯލެއް ކާމިޔާބުކުރި ނަމަވެސް، ނައިވާދޫއިން ވަނީ ޙުސެއިން މައިޝާންގެ ގޯލަކުން ގެއްލުނު ލީޑު އަނބުރާ ހޯދާފައެވެ. އަދި އޭގެފަހުން މުޙައްމަދު ވިޝާންގެ ގޯލަކުން ނައިވާދޫގެ ލީޑު ހަތަރު ގޯލަށް ފުޅާކުރިއެވެ.

އެއަށްފަހު މުޙައްމަދު އިމްރާންގެ ގޯލަކުން ދެއްވަދޫއިން އުއްމީދެއް ހޯދި ނަމަވެސް، އެ ޓީމުން ފަވަރ-ޕްލޭ ބޭނުންކުރަން ފެށުމުގެ ފައިދާ ނަގައި، ޝާފިއު ކާމިޔާބުކުރި ދެ ގޯލާއި މައިޝާންގެ އިތުރު ގޯލަކުން ނައިވާދޫއިން ވަނީ ތާރީޙު ލިޔެފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450