ކުޅިވަރު / ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވުން / ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

15 ފެބްރުއަރީ 2026، 08:19

15 ފެބްރުއަރީ 2026، 08:19

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުހައްމަދު ލަޠީފް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ފައިނަލް މެޗާއި، މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ކުރިޔަށްދިޔަ މި މުބާރާތުގެ ފައިނަލުގައި ނައިވާދޫ އާއި ދެއްވަދޫ ބައްދަލުކުރި މި މެޗު ފެށުމުގެ ކުރިން ވަޑައިގެން، ނައިބު ރައީސް ވަނީ ދެ ޓީމުގެ ކުޅުންތެރިންނާ ސަލާމްކުރައްވާފައެވެ. 

މެޗަށްފަހު އޮތް މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގައި ނައިބު ރައީސް ވަނީ، ފައިނަލް މެޗު 9-3އިން ކާމިޔާބުކުރި ނައިވާދޫއަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ. މީގެއިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ކުޅުންތެރިޔާއަށް ތާޖު ހަވާލުކޮށްދެއްވީ ވެސް ނައިބު ރައީސްއެވެ. 

މި އަހަރު ބާއްވާފައި ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ 10ވަނަ މުބާރާތެވެ. މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތެކެވެ. މި އަހަރުގެ މުބާރާތުގައި 119 ޓީމަކުން ވަނީ ވާދަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450