Ads by PNC

ޚަބަރު

ސިނަމާލެ ބްރިޖާއި އެއާރޕޯޓު ގުޅޭ ހިސާބުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ސިނަމާލެ ބްރިޖާއި އެއާރޕޯޓު ގުޅޭ ހިސާބުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ސިނަމާލެ ބުރިޖު / ފޮޓޯ: ސަން

farudhun logo

ފަރުދުން

15 ފެބްރުއަރީ 2026، 09:05

15 ފެބްރުއަރީ 2026، 09:05

ސިނަމާލެ ބްރިޖާއި އެއާރޕޯޓުގެ މައިމަގު ގުޅޭ ހިސާބުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި މި އެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ ހޮނިހިރު ދުވަހުގެ ރޭގެ 11:15ހާއިރެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރި ކާރަކާއި، ހުޅުމާލެއިން އެއާރޕޯޓަށް ދާން އޮންނަ މަގަށް އެޅި ސައިކަލެއް ޖެހިގެންނެވެ. 

އަދި މި އެކްސިޑެންޓުގައި ސައިކަލުގައި އިން މީހާއަށް އަނިޔާވެގެން އޭނާއަށް އަންނަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. 

މި މައްސަލައިގައި އެ މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450