ޚަބަރު
ރާއްޖެ އެތެރެކުރަން އުޅުނު 36 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން ހިފަހައްޓައިފި
ކަސްޓަމްސްއިން ހިފެއްޓި މަސްތުވާތަކެތީގެ ބަރުދަނުގައި 36 ކިލޯ ހުރި / ފޮޓޯ: ކަސްޓަމްސް
ކަނޑު މަގުން ދިވެހިރާއްޖެ އެތެރެކުރަން އުޅުނު 36 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ހިފަހައްޓައިފިއެވެ.
ކަސްޓަމުން އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ، އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 36.43 ހުރި ކަމަށާއި، އަދި އެ ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 29 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.
ކަސްޓަމްސްއއިން މި ތަކެތި ހިފެހެއްޓީ މި މަހުގެ 12ވަނަ ދުވަހު ގެނަސްފައިވާ މުދާ ޝިޕްމެންޓެއް ބަލައިފާސްކުރުމުގެ ތެރޭގައެވެ.
ކަނޑުމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއް، 12 ފެބުރުވަރީ 2026 ވަނަ ދުވަހު ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފައި. ފުރަތަމަ މަރުޙަލާގެ ޓެސްޓުތަކުން މިތަކެތި ވަނީ ހަޝިޝް އޮއިލްއަށް ޕޮޒިޓިވްވެފައި. pic.twitter.com/QLXrA3HgT0
— Maldives Customs Service (@CustomsMv) February 14, 2026
ރަބަރު ކޮތަޅުތަކެއްގައި ބަންދުކޮށްފައި ހުރި މި ތަކެތި ކަސްޓަމްސްއިން އިތުރަށް ބެލިއިރު، ފުރަތަމަ މަރުހަލާގައި ވަނީ ޙަޝީޝް އޮއިލްއަށް ޕޮޒިޓިވްވެފައެވެ.
އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި، އަތުލައިގަނެވުނު ހުރިހާ ތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.