ވިޔަފާރި / ޚަބަރު
20 ރުފިޔާގެ ސްޓޮކް މަދުވެގެން އައު ސްޓޮކެއް ގެނަސްފި
20 ރުފިޔާގެ ނޫޓަކާއި (ކ) 10 ރުފިޔާގެ ނޫޓެއް (ފ) / ފޮޓޯ: ޓްރެވަލް އޮންލައިން
ފަރުދުން
15 ފެބްރުއަރީ 2026، 12:04
15 ފެބްރުއަރީ 2026، 12:04
ދިވެހިރާއްޖޭގައި ބޭނުންކުރަމުން އަންނަ 20 ރުފިޔާގެ ސްޓޮކް މަދުވުމާ ގުޅިގެން 20 ރުފިޔާގެ އައު ސްޓޮކެއް ގެނަސްފައިވާކަމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ހާމަކޮށްފިއެވެ.
އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، އެ އޮތޯރިޓީން ނެރެފައިވާ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން އައު ސްޓޮކެއް ވަނީ ރާއްޖެ ގެނަސްފައެވެ.
އެމްއޭއިން 20 ރުފިޔާގެ ނޫޓު ގެނަސްފައިވާއިރު، އެ ބޭންކުން ވަނީ މި މަހުގެ ކުރީކޮޅު 100 ރުފިޔާގެ ނޫޓުގެ ސްޓޮކެއް ވެސް ގެނަސްފައެވެ.
ރާއްޖޭގައި 2016ވަނަ އަހަރު ބޭނުންކުރަން ފެށި "ރަންދިހަ ފަހެއް" ނޫޓް ސީރީޒްއަކީ، އޭގެ ކުރިއާ އަޅާ ބަލާއިރު ސަލާމަތީގޮތުން އެތައް ގުނައެއް ރައްކާތެރި ނޫޓުތަކެކެވެ.
އެ ނޫޓުތަކަކީ ލޯފަން މީހުންނަށްވެސް އެނޫޓްތައް ދެނެގަތުމަށް ފަސޭހަ ފީޗާސްތަކެއް އެކުލެވިގެންވާ ނޫޓްތަކެކެވެ. އެގޮތުން ކޮންމެ ނޫޓެއްވެސް ދެނެގަތުމަށް ނޫޓްގައި އުފުލިފައި ހުންނަ ޚާއްސަ ބައިތަކެއްވެސް އެކުލެވޭކަން ފާހަގަކޮށްލެވެއެވެ.