Ads by PNC

ޚަބަރު

ރޯދަމަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9އިން މެންދުރު 1އަށް ކަމަށް ކަނޑައަޅައިފި

ރޯދަމަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9އިން މެންދުރު 1އަށް ކަމަށް ކަނޑައަޅައިފި

ވެލާނާގެ.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ފެބްރުއަރީ 2026، 03:36

15 ފެބްރުއަރީ 2026، 03:36

މި އަހަރުގެ ރަމަޟާންމަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު، ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި އެންގެވުމެއްގައި ވިދާޅުވެފައިވަނީ، ކުރިއެކޭވެސް އެއްގޮތަށް މި އަހަރުގެ ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށެވެ.

ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށް ކަނޑައަޅުއްވައިފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 6 މާރިޗު 2022 ގައި ނެރުއްވި ދެންނެވުމަކުންނެވެ.

ކޮންމެ އަހަރެއްގައިވެސް ރަމަޟާން މަހުގެ މަސައްކަތު ގަޑި އާންމު މަސްތަކަށްވުރެ ކުރުކުރަނީ، ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށާއި އަދި ދީނީ ކަންކަމުގައި ޝާމިލުވެ އުޅުމަށް ވަގުތު ދެއްވުމުގެ މަގުސަދުގައެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އަހަރުން ފެށިގެން ރަމަޟާން މަހުގެ ފަހު 10 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައިވެސް ހަމަޖައްސަވާފައެވެ. މިއީ އަޅުކަމާ ދީނީ ކަންކަމުގައި ޝާމިލުވެ އުޅެން ރައްޔިތުންނަށް ފުރުޞަތު ދެއްވުމަށް ގެންނެވި މުހިންމު ބަދަލެކެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450