ދުނިޔެ / ޚަބަރު

ރަމަޟާން މަހުގެ ހަނދުބެލުން މި މަހުގެ 17 ވާ އަންގާރަ ދުވަހުގެ ރޭ އޮންނާނެ ކަމަށް އިޢުލާންކޮށްފި

ރަމަޟާން މަހުގެ ހަނދުބެލުން މި މަހުގެ 17 ވާ އަންގާރަ ދުވަހުގެ ރޭ އޮންނާނެ ކަމަށް އިޢުލާންކޮށްފި

ރަމަޟާން މަހުގެ ހަނދުބެލުން ފޮޓޯ: ހަރަމައިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 ފެބްރުއަރީ 2026، 07:44

15 ފެބްރުއަރީ 2026، 07:44

ސައުދީ އަރަބިއްޔާގެ ސުޕްރީމް ކޯޓުން، މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދުބެލުން މި ހިނގާ ފެބްރުއަރީ މަހުގެ 17 ވާ އަންގާރަ ދުވަހުގެ އިރުއޮއްސޭ ވަގުތު އޮންނާނެ ކަމަށް އިޢުލާންކޮށްފިއެވެ.

އުއްމުލްޤުރާ ކަލަންޑަރަށް ބަލާއިރު، ޝަޢުބާން މަހުގެ 1 ވަނަ ދުވަހަކީ 20 ޖެނުއަރީ 2026 ވީ އަންގާރަ ދުވަސް ކަމަށް ސުޕްރީމް ކޯޓުން ކުރިން ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން، މި ހިނގާ ޝަޢުބާން މަހުގެ 29 ވަނަ ދުވަހަކީ ފެބްރުއަރީ 17 ވާ އަންގާރަ ދުވަހެވެ.



ސުޕްރީމް ކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އަންގާރަ ދުވަހުގެ އިރުއޮއްސޭ ވަގުތު ހަމަލޮލަށް ނުވަތަ ޓެލެސްކޯޕް ބޭނުންކޮށްގެން ރަމަޟާން މަހުގެ ހަނދު ފެނޭތޯ ބެލުމަށް ހުރިހާ މުސްލިމުންނަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ހަނދު ފެނިއްޖެ މީހަކުނަމަ، ވީ އެންމެ އަވަހަކަށް ކައިރީގައި ހުރި ކޯޓަކަށް ގޮސް ހެކިބަސް ދިނުމަށް ނުވަތަ ކަމާބެހޭ މަރުކަޒުތަކަށް އަންގައި، ކޯޓަށް ދިއުމަށް އެހީތެރިކަން ހޯދުމަށްވެސް އެދިފައިވެއެވެ.

މީގެ އިތުރުން، ހަނދު ބެލުމުގެ ޤާބިލުކަން ހުރި ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދީ، އެކި ސަރަޙައްދުތަކުގައި މިކަމަށްޓަކައި އެކުލަވައިލެވިފައިވާ ކޮމިޓީތަކާ ގުޅިގެން މަސައްކަތް ކުރުމަށް ސުޕްރީމް ކޯޓުން ބާރުއަޅުއްވައެވެ. މިއީ މުޅި އިސްލާމީ އުންމަތަށް މަންފާކުރާނެ، ހެޔޮކަމުގެ މަތިވެރި މަސައްކަތެއްކަންވެސް އެ ކޯޓުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450