ދުނިޔެ

ޣައްޒާގެ ނާޞިރު ހޮސްޕިޓަލުގައި ހަތިޔާރު އެޅި މީހުން ތިބި ކަމަށް ބުނެ އެމް.އެސް.އެފް އިން ކުރި ތުހުމަތުތައް އެ ހޮސްޕިޓަލުން ދޮގުކޮށްފި

ޣައްޒާގެ ނާޞިރު ހޮސްޕިޓަލުގައި ހަތިޔާރު އެޅި މީހުން ތިބި ކަމަށް ބުނެ އެމް.އެސް.އެފް އިން ކުރި ތުހުމަތުތައް އެ ހޮސްޕިޓަލުން ދޮގުކޮށްފި

ޣައްޒާގެ ނާޞިރް ހޮސްޕިޓަލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ފެބްރުއަރީ 2026، 10:36

16 ފެބްރުއަރީ 2026، 10:36

ޣައްޒާގެ ދެކުނުގައި ހުންނަ ނާޞިރު ހޮސްޕިޓަލް ކޮމްޕްލެކްސްގައި ހަތިޔާރު އެޅި މީހުންނާއި ހަތިޔާރު ހުރި ކަމަށް ބުނެ، އެހީދޭ ޖަމްޢިއްޔާއެއް ކަމަށްވާ ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމް.އެސް.އެފް) އިން އެ ހޮސްޕިޓަލުގެ މަސައްކަތްތައް ހުއްޓާލުމާ ގުޅިގެން އެކަން އެ ހޮސްޕިޓަލުން ވަރަށް ބޮޑަށް ކުށްވެރިކޮށްފިއެވެ.

އާދީއްތަ ދުވަހު ނާޞިރު ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމް.އެސް.އެފްގެ ތުހުމަތުތަކަކީ "ދޮގު، އެއްވެސް އަސާސެއް ނެތް އަދި އޮޅުވާލުން އެކުލެވޭ" ވާހަކަތަކެއް ކަމަށެވެ. އަދި މިފަދަ ވާހަކަތަކުގެ ސަބަބުން، ހިމާޔަތް ލިބިގެންވާ މަދަނީ ސިއްހީ މަރުކަޒަކަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ. އެމް.އެސް.އެފް އިން ހޮސްޕިޓަލުގެ މަސައްކަތްތައް ހުއްޓާލީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެއެވެ.

ހޮސްޕިޓަލުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެމް.އެސް.އެފްގެ ބަޔާންތަކަކީ ހަގީގަތް އޮޅޭ ގޮތަށް ހުރި ބަޔާންތަކެއް ކަމަށާއި، މިއީ މީގެ ކުރިންވެސް ހޮސްޕިޓަލްތަކަށް ހަމަލާދިނުމަށް ބޭނުންކުރާ އުޒުރުތަކާ އެއްގޮތް ވާހަކަތަކެއް ކަމަށެވެ.

"މިފަދަ ބަޔާންތަކަކީ ވަކި ފަރާތަކަށް ނުޖެހި ނެރެފައިވާ ބަޔާންތަކެއް ނޫން. މިއީ އެއް މިލިއަނަށްވުރެ ގިނަ ރައްޔިތުންނަށް ހިދުމަތްދޭ ނާޞިރު ހޮސްޕިޓަލަށް ހަމަލާދިނުމަށް މަގުފަހިކޮށްދިނުމަށް ކުރާ ކަމެއް،" ހޮސްޕިޓަލުން ބުނެފައިވެއެވެ.

ޚާން ޔޫނިސްގައި ހުންނަ މި ހޮސްޕިޓަލުން ވަނީ އެމް.އެސް.އެފް އިން ކުރި ހުރިހާ ތުހުމަތުތަކެއް ވަގުތުން އަނބުރާ ގެންދިއުމަށާއި، ސިއްހީ މަރުކަޒުތަކުގެ މިނިވަންކަން ދެމެހެއްޓުމަށް ގޮވާލާފައެވެ. ހޮސްޕިޓަލުން ބުނި ގޮތުގައި، ޣައްޒާގައި އޮތް ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ބައެއް އަމިއްލަ ފަރުދުން ހަތިޔާރު ގެންގުޅެން މަސައްކަތް ކުރި ނަމަވެސް، ހޮސްޕިޓަލުގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ ގާނޫނީ އިމުގެ ތެރެއިން މަދަނީ ފުލުހުންނެވެ.

މީގެ އިތުރުން، 'ޑޮކްޓާސް އެގެއިންސްޓް ޖެނޯސައިޑް' ގްރޫޕުންވެސް ވަނީ އެމް.އެސް.އެފްގެ މި ނިންމުމަށް ފާޑުކިޔާފައެވެ. އެ ގްރޫޕުން ބުނި ގޮތުގައި މިފަދަ ދޮގު ތުހުމަތުތަކުގެ ސަބަބުން ހޮސްޕިޓަލުގައި ތިބި ބަލިމީހުންނާއި ސިއްހީ ހިދުމަތްތެރިންގެ ފުރާނައަށް ވަނީ ނުރައްކާވެފައެވެ.

އެމް.އެސް.އެފްގެ މި ނިންމުން އައިސްފައިވަނީ، ޣައްޒާގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމްޢިއްޔާތަކުން އެމީހުންގެ މުވައްޒަފުންގެ ތަފްސީލީ މައުލޫމާތު ހިއްސާކުރުމަށް އިސްރާއީލުން އަމުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް، މުވައްޒަފުންގެ ސަލާމަތީ ކަށަވަރުކަން ނެތް ކަމަށް ބުނެ އެމް.އެސް.އެފް އިން ވަނީ އެ މައުލޫމާތު ދިނުމަށް އިންކާރުކޮށްފައެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450