Ads by PNC

ޚަބަރު

100 އަށްވުރެ ގިނަ ފުލުހުންގެ މަރުކަޒަށް އިންޓަނެޓް ހިދުމަތް ދޭނެ ބަޔަކު ހޯދަނީ

100 އަށްވުރެ ގިނަ ފުލުހުންގެ މަރުކަޒަށް އިންޓަނެޓް ހިދުމަތް ދޭނެ ބަޔަކު ހޯދަނީ

ފުވައްމުލަކުގައި ހުންނަ ފުލުހުންގެ މަރުކަޒެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ފެބްރުއަރީ 2026، 10:36

16 ފެބްރުއަރީ 2026، 10:36

އަތޮޅުތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތް ގާއިމުކޮށްފައިވާ މަރުކަޒުތަކުގެ ތެރެއިން މިހާތަނަށް އިންޓަނެޓްގެ ހިދުމަތް ގާއިމު ނުކުރެވިވާ 105 މަރުކަޒަކަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިއުލާނުކޮށްފިއެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލާފައެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުގެ ތާރީހަކީ މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ. އަދި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައިނުގަންނާނެ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި ޕްރޮޖެކްޓާ ގުޅޭގޮތުން މައުލޫމާތު ދެމުން ފުލުހުން ވިދާޅުވީ، މި މަސައްކަތާ ގުޅިގެން ޕްރީބިޑް ބައްދަލުވުމެއް ނޯންނާނެ ކަމަށެވެ. ބީލަން ހުޅުވުން އޮންނާނީ އަންނަ މާޗް މަހުގެ 1 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގައި އަމީނީމަގުގައި ހުންނަ އިސްކަންދަރު ކޮށި 1 ގައެވެ.

ބީލަންތައް ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައި ކަމަށާއި، ބިޑް ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީވެ، ރަޖިސްޓްރީ ކުރިކަމުގެ ސްލިޕް ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މަސައްކަތާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 9790052 ނަންބަރު ފޯނާ ގުޅުމަށް ފުލުހުން ވަނީ އެދިފައެވެ. މިއީ އަތޮޅުތެރޭގައި ފުލުހުން ދެމުންގެންދާ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކާއެކު ހިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450