ޚަބަރު
ހުޅުމާލޭ ސަހަރާ ކައިރީގައި އޮތް ޕިކަޕެއް ދަށުވެ، 60 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ
ހުޅުމާލެ ސަހަރާ/ފޮޓޯ: ދެން އެމްވީ
ހުޅުމާލޭ ސަހަރާ ކައިރީގައި އޮތް ޕިކަޕެއް ދަށުވެ، 60 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލޭ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގެ މަސައްކަތެއް ކުރުމަށް، އެ ޕިކަޕް ދަށުގައި އޮތް މީހެއްގެ ގައި މައްޗަށް ޕިކަޕް ވެއްޓިފައިވާކަމުގެ މަޢުލޫމާތު 15 ފެބްރުއަރީ 2026 ވަނަ ދުވަހު 11:05 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެމީހާ ނިޔާވެފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ކަމަށެވެ. އަދި ނިޔާވެފައިވަނީ 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.