ވިޔަފާރި / ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވަގުތީ ރޯދަ މާރުކޭޓު ރަމަޟާންމަހުގެ ފުރަތަމަ ދުވަހު ހުޅުވަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވަގުތީ ރޯދަ މާރުކޭޓު ރަމަޟާންމަހުގެ ފުރަތަމަ ދުވަހު ހުޅުވަނީ

ހުޅުމާޅެ ފޭސް 2 ގައި ހަދާ ވަގުތީ މާރުކޭޓުގެ މަސައްކަތް ފޮޓޯ: އެޗްޑީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 ފެބްރުއަރީ 2026، 12:30

16 ފެބްރުއަރީ 2026، 12:30

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ތަރައްޤީކޮށްފައިވާ ރޯދަ މާރުކޭޓު، ކުރިއަށް އޮތް ރަމަޟާންމަހުގެ ފުރަތަމަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ.

މި މާރުކޭޓު ޤާއިމުކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތާ ދޭތެރޭގައެވެ. މިއީ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން އެޗްޑީސީން ކޮންމެ އަހަރަކުވެސް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު އެކި ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.

އެޗްޑީސީން ވިދާޅުވި ގޮތުގައި، ރަމަޟާންމަހުގެ ފުރަތަމަ ދުވަހު މާރުކޭޓު ހުޅުވުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން މިހާރު ކުރިއަށްދަނީ މާރުކޭޓުން ގޮޅި ދޫކުރުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތު ދެއެވެ.

މި މާރުކޭޓުގެ އެންމެ ޚާއްޞަ އެއް ކަމަކީ، މާރުކޭޓުން ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ އެއްވެސް ކުލީގެ ފީއެއް ނުނަގާ ގޮތަށް ކަމަށްވުމެވެ. މި މާރުކޭޓުގައި ޖުމްލަ 24 ގޮޅި ހިމެނޭއިރު، އެ ގޮޅިތަކުގައި ވިއްކުމަށް ހަމަޖެހިފައިވަނީ މަހުގެ ބާވަތްތަކާއި، މޭވާއާއި ތަރުކާރީގެ އިތުރުން ދިވެހި އުފެއްދުންތަކުގެ ކާބޯތަކެތީގެ ބާވަތްތަކެވެ.

އެޗްޑީސީގެ އަމާޒަކީ ހުޅުމާލެއަކީ ހުރިހާ ޚިދުމަތްތަކެއް ފަސޭހައިން ލިބެން ހުންނަ ފުރިހަމަ ސިޓީއަކަށް ހެދުމެވެ. ވޭތުވެދިޔަ އަހަރުތަކުގައިވެސް އެ ކޯޕަރޭޝަނުން ވަނީ ރަމަޟާންމަހާ ދިމާކޮށް ހުޅުމާލޭގެ ރައްޔިތުންނަށް ލުއިފަސޭހަވާނެ ގިނަ ކަންތައްތަކެއް އިންތިޒާމުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450