Ads by PNC

ޚަބަރު

ލިތުއޭނިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ލިތުއޭނިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ދިވެހިރާއްޖެއާއި ލިތުއޭނިއާގެ ދިދަ/ފޮޓޯ: ވެކްޓަރސްޓޮކް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

16 ފެބްރުއަރީ 2026، 01:48

16 ފެބްރުއަރީ 2026، 01:48

ލިތުއޭނިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަޙުނިޔާ ފޮނުއްވައިފިއެވެ.

ލިތުއޭނިއާގެ ޚާރިޖީ ވަޒީރު ކެސްޓޫޓަސް ބުޑްރީސް އަށް އެ ޤައުމުގެ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ވަޒީރު ފޮނުއްވި ޚާއްޞަ މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގަ އާއި ވަޒީރުގެ އަމިއްލަ ނަމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި، ލިތުއޭނިއާގެ ސަރުކާރަށާއި ރައްޔިތުންނަށް، ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުންތައް ފޮނުއްވާ ކަމަށެވެ.

ހަމަ އެހެންމެ، ދިވެހިރާއްޖެއާއި ލިތުއޭނިއާ އާއި ދެމެދު އޮތް ރަޙްމަތްތެރި ގުޅުމާއި އެއްބާރުލުން، ކުރިއަށް އަންނަން އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ މެސެޖު ނިންމަވާލައްވާފައި ވަނީ، ލިތުއޭނިއާގެ ޚާރިޖީ ވަޒީރަށް ކުރައްވާ މަތިވެރި ޤަދަރު އާކުރައްވާ، އެކަން ޔަޤީންކޮށް އެރުވުމަށްފަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450