Ads by PNC

ޚަބަރު

މިމަހުގެ ފުރަތަމަ 13 ދުވަސްތެރޭ މަސްވެރިންނަށް 11.8 މިލިޔަން ރުފިޔާ ދޫކޮށްފި

މިމަހުގެ ފުރަތަމަ 13 ދުވަސްތެރޭ މަސްވެރިންނަށް 11.8 މިލިޔަން ރުފިޔާ ދޫކޮށްފި

ދިވެހި މަސްވެރިއެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ފެބްރުއަރީ 2026، 05:34

16 ފެބްރުއަރީ 2026، 05:34

މި ހިނގާ މަހުގެ ފުރަތަމަ 13 ދުވަހުގެ ތެރޭގައި މަސްވެރިންނަށް 11.8 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

 މި މުއްދަތުގެ ތެރޭގައި 280 އަށްވުރެ ގިނަ ދޯނިން ވަނީ މިފްކޯއަށް މަސްކިރުވާފައެވެ.

ސަރުކާރުގެ މަސްކުންފުނި މިފްކޯއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަައް ދައްކާގޮތުގައި، މިމަހުގެ 1 އިން 13 އަށް ޖުމްލަ 285 ދޯންޏަކުން ވަނީ މަސްކިރުވާފައެވެ. އެ ދޯނިތަކަށް މުޅި ޖުމްލަ 11,816,436 ރުފިޔާ ވަނީ ދޫކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. އެ ދުވަހު މަސްކިރުވި 26 ދޯންޏަކަށް 1.4 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެއެވެ.

މަހުގެ ބާވަތްތަކުން މަސްކިރުވި މިންވަރު:
މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކަޅުބިލަމަސް ކިރުވުމަށް 253 ދޯންޏަކުން 9,750,533 ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި 10 ކިލޯއިން މަތީގެ ކަންނެލި ކިރުވި 101 ދޯންޏަކަށް 582,288 ރުފިޔާ ދޫކޮށްފައިވާއިރު، 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 127 ދޯންޏަކަށް 1,483,605 ރުފިޔާ ވަނީ ދޫކޮށްފައެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މި ދާއިރާ ހެދުމެވެ.

މިގޮތުން، މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދެއްވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގައި މަސް ރައްކާކުރުމުގެ ޤާބިލްކަން ދެގުނަ ކުރުމާއި، ޕްރޮސެސިންގ ފެސިލިޓީތައް ތަރައްޤީ ކުރުން ހިމެނެއެވެ. މީގެ އިތުރުން، މި ސިނާޢަތް ސިންދަފާތުކޮށް އިތުރަށް ފުޅާކުރުމުގެ ޕްލޭންތަކެއްވެސް ސަރުކާރުން ވަނީ އެކުލަވާލާފައެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450