ވިޔަފާރި / ޚަބަރު

ރަމަޟާން މަހު ވިޔަފާރިވެރިންނަށް ކުރިމަތިވާ ދަތިތަކަށް އެދެވޭ ޙައްލެއް ގެނައުމަށް މަޝްވަރާކޮށްފި

ރަމަޟާން މަހު ވިޔަފާރިވެރިންނަށް ކުރިމަތިވާ ދަތިތަކަށް އެދެވޭ ޙައްލެއް ގެނައުމަށް މަޝްވަރާކޮށްފި

ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

16 ފެބްރުއަރީ 2026، 05:36

16 ފެބްރުއަރީ 2026، 05:36

ރަމަޟާން މަހު ވިޔަފާރިވެރިންނަށް ކުރިމަތިވާ ދަތިތަކަށް އެދެވޭ ޙައްލެއް ގެނައުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ކަމާ ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އެގޮތުން، 1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ މުދާ އިމްޕޯޓްކުރާ ފަރާތްތަކާއި މުދާ ވިއްކާ ފަރާތްތަކާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ރަމަޟާން މަހު ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ އެކަށީގެންވާ މިންވަރަށް ލިބޭނެކަން ކަށަވަރުކުރުމަށާއި، ތަކެތީގެ އަގުތައް ހިފެހެއްޓުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ. ހަމަ އެހެންމެ، މި ބައްދަލުކުރެއްވުމުގައި ބައިވެރިވި ވިޔަފާރިވެރިން، ރަމަޟާން މަހު މުދާ އެތެރެކޮށް ކްލިއަރ ކުރުމުގައި ދިމާވާ ދަތިތައް ހިއްސާކުރައްވާފައިވާއިރު، ވަޒީރު ސަޢީދު ވަނީ މި ދަތިތަަކަށް އެދޭވެ ޙައްލެއް ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މީގެ އިތުރުން އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމަކީ، މި ރަމަޟާން މަހުވެސް ޢާންމު ރައްޔިތުންނަށް ދަތިކަމެއް ނެތި ޒަރޫރީ މުދާ ލިބޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްދާ ސިލްސިލާ ބައްދަލުވުންތަކެއް ކަމަށެވެ. އަދި މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ވެސް މުދާ ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ނައްތާލުމަށް އެހީތެރިވެގެންދާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ހަމަ އެހެންމެ، މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ބާޒާރުގެ ހަމަޖެހުން ދެމެހެއްޓުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450