ދުނިޔެ

އިޒްރާއީލުގެ އުދުވާނަށް ދެ އަހަރުވީއިރު، ޣައްޒާގެ ރައްޔިތުން ރަމަޟާން މަހަށް ތައްޔާރުވަނީ އަމިއްލައަށް ތައްޔާރުކުރި ފާނޫޒުތަކާއެކު

އިޒްރާއީލުގެ އުދުވާނަށް ދެ އަހަރުވީއިރު، ޣައްޒާގެ ރައްޔިތުން ރަމަޟާން މަހަށް ތައްޔާރުވަނީ އަމިއްލައަށް ތައްޔާރުކުރި ފާނޫޒުތަކާއެކު

ޣައްޒާގެ ކުޑަކުއްޖެއް ލެންޓަން އެއް ހިފައިގެން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ފެބްރުއަރީ 2026، 09:33

16 ފެބްރުއަރީ 2026، 09:33

އިޒްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ޤަތުލުއާންމަށް ދެ އަހަރު ފުރިފައިވާއިރު، ޣައްޒާގެ ރައްޔިތުން އަންނަނީ ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވަމުންނެވެ.

ފެބްރުއަރީ 18 ނުވަތަ 19 ގައި ފެށޭނެ ކަމަށް ބެލެވޭ މި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ސުންނާފަތިވެފައިވާ މަގުތަކާއި ވަގުތީ ފޭލިގެތަކުގައި ކުލަގަދަ ފާނޫޒުތަކާއި ޒީނަތްތެރިކުރުމުގެ ތަކެތި މިހާރު ވަނީ ހަރުކުރަން ފަށާފައެވެ.

ޣަައްޒާގެ މަގުތަކުން މިހާރު ފެންނަނީ އާ ދިރުމެކެވެ. ހަނގުރާމައިގެ ސަބަބުން ލިބިފައިވާ ބޮޑެތި ގެއްލުންތަކުގެ ތެރެއިންވެސް، އަތުން ތައްޔާރުކޮށްފައިވާ ފާނޫޒުތަކާއި ރަމަޟާން މަހުގެ ޚާއްޞަ ޒީނަތްތެރިކުރުންތަކުން މުޅި ސަރަޙައްދަށް ވަނީ އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވާފައެވެ. މިއީ އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ރައްޔިތުންގެ މެދުގައި އުއްމީދު އާކޮށްދޭ މަންޒަރެކެވެ.

މި ތައްޔާރީތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޣައްޒާގެ ކުޑަކުއްޖެއް ކަމަށްވާ މުޙައްމަދު ޞަބްރީ އަލް-ފޫޖްގެ މަސައްކަތެވެ. އިޒްރާއީލުން ގާޒާއަށް ފާނޫޒު އެތެރެކުރުން މަނާކޮށްފައި އޮތުމުން، އޭނާ ވަނީ ހުސްކުރި ދަޅު ބޭނުންކޮށްގެން ސަގާފީ ފާނޫޒުތައް އަމިއްލައަށް އުފައްދާފައެވެ. މިއީ ބަންދުކޮށްފައިވާ ސަރަޙައްދެއްގައި ދިރިއުޅޭ ރައްޔިތުންގެ އުފެއްދުންތެރިކަމާއި ސަގާފަތް ދެމެހެއްޓުމަށް ކުރާ މަސައްކަތުގެ ނަމޫނާއެކެވެ.

ގެދޮރު ގެއްލިފައިވާ އާއިލާތައް ދިރިއުޅޭ ވަގުތީ ފޭލިގެތައްވެސް މިހާރު ވަނީ ފާނޫޒުތަކާއި ބައްތިތަކުން ޒީނަތްތެރިކޮށްފައެވެ. މިއީ ކިތަންމެ ބޮޑު ނިކަމެތިކަމެއްގައި ތިބި ނަމަވެސް، ދީނީ ސަގާފަތާއި އުފާވެރިކަން ދެމެހެއްޓުމަށް ޣައްޒާގެ ރައްޔިތުން ކުރަމުންދާ ވަރުގަދަ މަސައްކަތެކެވެ.

މިއީ އިޒްރާއީލުގެ ޤަތުލުއާންމުގެ ދަށުގައި ޣައްޒާގެ ރައްޔިތުން ހޭދަކުރާ ތިންވަނަ ރަމަޟާން މަހެވެ. އެހީގެ ތަކެތި ވައްދާ މަގުތައް ބަންދުކޮށްފައިވާއިރު، އެމެރިކާގެ އެހީތެރިކަމާއެކު ގާއިމުކޮށްފައިވާ ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން މި ރަމަޟާން މަސް ބައްދަލުކުރާއިރު، އިޒްރާއީލުން ދަނީ އެ އެއްބަސްވުމާ ޚިލާފުވަމުންނެވެ.

މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިޒްރާއީލުން ދަނީ ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގައި އެތައް ސަތޭކަ އާންމުންނެއް ޝަހީދުވެފައިވާއިރު، ޣައްޒާއަށް ބޭނުންވާ ޒަރޫރީ އެހީގެ ތަކެތި ފޯރުކޮށްދިނުމަށްވެސް އިޒްރާއީލުން ދަނީ ހުރަސްއަޅަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450