Ads by PNC

ޚަބަރު

މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް

މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް

ހަނދު ސާބިތުކުރުމުގެ ޖަލްސާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ފެބްރުއަރީ 2026، 09:23

17 ފެބްރުއަރީ 2026، 09:23

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ 18 ފެބްރުއަރީ 2026 ވާ ބުދަ ދުވަސް ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ރޭ ކަނޑައަޅައިފިއެވެ.

މިކަން އިޢުލާންކުރީ 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި 17 ފެބްރުއަރީ 2026 ވީ އަންގާރަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްޞަ ޖަލްސާގައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސޮއިކުރެއްވި ހަނދާބެހޭ ބަޔާން އިއްވަމުން ވިދާޅުވީ، ޙިޖްރީ ސަނަތުން 1447 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 29 ވީ އަންގާރަ ދުވަހުގެ އިރު އޮއްސުމުގެ ފަހުން، ބައެއް އިސްލާމީ ޤައުމުތަކަށް ރަމަޟާން މަހުގެ ހަނދު ފެނުނުކަން ޝަރްޢީ ހަމަތަކުން ސާބިތުވެފައިވާ ކަމަށެވެ. އެހެންކަމުން، ރާއްޖޭގައި ހަނދު ސާބިތު ކުރުމަށް ޢަމަލްކުރާ އުސޫލުގެ މަތީން، ފެބްރުއަރީ 18 ވާ ބުދަ ދުވަހަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ވަނީ ކަނޑައަޅާފައެވެ.

މި ޖަލްސާގައި ވަޒީރުގެ ބަޔާން އިއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުﷲ ސަޢުދާންއެވެ. މި ބަޔާނުގައި ރަމަޟާން މަހުގެ ބަރަކާތާއި މާތްކަން ފާހަގަކުރައްވައި، ދިވެހި ރައްޔިތުންނަށް މި މާތް މައްސަރުގެ ތަހުނިޔާ ވަނީ ފޮނުއްވާފައެވެ.

މީގެ އިތުރުން، ރަމަޟާން މަހުގެ ރޯދައިގެ ފަރުޟުތައް ފުރިހަމައަށް އަދާކުރުމަށް ފަރުވާތެރިވުމަށާއި، މާތް ﷲ ގެ ރުއްސެވުމާއި މަޣްފިރަތަށް އެދި ހެޔޮ ޢަމަލުތައް ގިނަކުރުމަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ވަޒީރުގެ ބަޔާނުގައި ވަނީ ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450