Ads by PNC

ޚަބަރު

ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގައި ހުރި ބަނގުރާ ނައްތާލައިފި

ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގައި ހުރި ބަނގުރާ ނައްތާލައިފި

ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގައި ހުރި ބަނގުރާތައް ނައްތާލުން / ފޮޓޯ: ޕޮލިސް

farudhun logo

ފަރުދުން

18 ފެބްރުއަރީ 2026، 12:44

18 ފެބްރުއަރީ 2026، 12:44

ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މީގެތެރޭގައި ހިމެނެނީ މިދިޔަ ޑިސެންބަރުމަހުގެ 31 އިން މިމަހުގެ 15 އަށް، ދާލު އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން ހިފަހަށްޓައިފައިވާ ބަނގުރާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 126 ފުޅި ބަނގުރަލާއި 122 ދަޅު ބިޔަރެވެ.



މި ތަކެތި ނައްތާލާފައިވަނީ، ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންކަމަށް ދިވެހި ފުލުހުންގެ ޚިދުނަތުން މައުލޫމާތުދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450