ޚަބަރު
ޕޮލިސް ކޮމިޝަނަރ ނަވީން، ފުލުހުންގެ ޚިދުމަތުން ރިޓަޔާކުރައްވައިފި
ޕޮލިސް ކޮމިޝަނަރގެ މަޤާމުގައި ހުންނެވި ނަވީން---
ފަރުދުން
18 ފެބްރުއަރީ 2026، 11:13
18 ފެބްރުއަރީ 2026، 11:13
ޕޮލިސް ކޮމިޝަނަރގެ މަޤާމުގައި ހުންނެވި އިސްމާއިލް ނަވީން 31 އަހަރަށްފަހު ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގައި މިކަން އިޢުލާން ކުރައްވައި ނަވީން ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަށް ހިދުމަތްކުރުމަކީ ލިބުނު ފަޚުރެއް ކަމަށާއި، ރިޓަޔާކުރެއްވި ނަމަވެސް، ފުލުހުންގެ ބެޖަށް ކުރާ އިޚުތިރާމާއި މުއައްސަސާއަށް ކުރާ އިތުބާރާއި ގައުމަށް އޮތް ލޯބި އެގޮތުގައި ދެމިއޮންނާނެ ކަމަށެވެ.
ރިޓަޔާކުރައްވަން ނިންމެވި ދުވަހު "ދައުރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނަވީން ވިދާޅުވެފައި ވަނީ، ރިޓަޔާކުރެއްވުމަށް ނިންމެވީ އަމިއްލަ ސަބަބަކަށްޓަކައި ކަމަށެވެ. އަދި އެ ނިންމުމަށް އިތުރު ދުވަސްތަކެއް މަޑުކުރުމަކުން ރިޓަޔާ ކުރުމަށް އެންމެ އެކަށީގެންވާ ވަގުތެއް ވަކި ނުލިބޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ޕޮލިސް ކޮމިޝަނަރގެ މަޤާމާއި ނަވީން ހަވާލުވެވަޑައިގެންނެވީ މިދިޔަ އަހަރުއެވެ. އެއީ އެ މަޤާމުގައި ހުންނެވި އަލީ ޝުޖާއު މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.