Ads by PNC

ޚަބަރު

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބުން މިހާތަނަށް 16 މީހަކަށް ފަރުވާދީފި

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބުން މިހާތަނަށް 16 މީހަކަށް ފަރުވާދީފި

އައްޑޫ ކެތް ލެބް ފޮޓޯ: އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ފެބްރުއަރީ 2026، 12:19

19 ފެބްރުއަރީ 2026، 12:19

އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި އަލަށް ގާއިމުކުރި ކެތު ލެބުގެ ޚިދުމަތް ފެށިފަހުން، މިހާތަނަށް ޖުމްލަ 16 މީހަކަށް ހިތުގެ ޚާއްޞަ ފަރުވާ ދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި މާލޭގެ އައިޖީއެމްއެޗް ގުޅިގެން، އައްޑޫގައި ހިތުގެ ބަލިތަކަށް ދޭ ފަރުވާ އިތުރަށް ފުޅާކުރުމުގެ ގޮތުން "އިންޓަވެންޝަނަލް ކާޑިއޮލޮޖީ" ނުވަތަ ކެތު ލެބުގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

އޭއީއެޗް އިން ، ކެތު ލެބުގެ ޚިދުމަތް ފެށި ފަހުން މިހާތަނަށް ފަރުވާ ހޯދި 16 މީހުންގެ ތެރެއިން 7 މީހަކަށް ސީއޭޖީ (އެންޖިއޯގްރަފީ) އަދި އެންޖިއޯ ޕްލާސްޓީ ހަދާފައިވާ ކަމަށެވެ. އަދި ބާކީ 9 މީހުންނަށް ސީއޭޖީ ހަދާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ކެތު ލެބަކީ ހިތާއި ލޭހޮޅިތަކުގެ ޞިއްޙީ ހާލަތު ދެނެގަތުމަށާއި، ހިތުގެ ބަލިތަކަށް ފަރުވާދިނުމަށް ޚާއްޞަ ކޮށްފައިވާ ތަނެކެވެ. މި ލެބުގައި ހިތުގެ ލޭ ހޮޅިތަކުގެ ހާލަތު ދެނެގަތުމަށް "ކެތީޓަރ" ކިޔާ ހިމަ ހޮޅިއެއް އަތުގެ ކުޑަހުޅުން ނުވަތަ އުކުޅުވަޅުން އެތެރެކޮށް، ލޭހޮޅިތަކުގެ ތެރެއަށް ޚާއްޞަ ކުލައެއް (ޑައި) ފޮނުވައިގެން އެކްސް-ރޭގެ އެހީގައި ލޭހޮޅިތަކުގެ ހާލަތު ބަލައެވެ. މިއީ ބަލި ދެނެގަތުމަށް ކުރެވޭ "އެންޖިއޯގްރަފީ" އެވެ.

މީގެ އިތުރުން، ލޭހޮޅިއެއް ބެދިފައިވާނަމަ، ބެލޫނެއް ބޭނުންކޮށްގެން އެ ލޭހޮޅިއެއް ފުޅާކޮށް، ލޭ ދައުރުވުން ރަނގަޅު ކުރުމަށްޓަކައި "ސްޓަންޓް" ލައްވައިގެން ދެވޭ ފަރުވާއަށް ކިޔަނީ "އެންޖިއޯ ޕްލާސްޓީ" އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ދެކުނުގައި ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އައްޑޫގައި މިފަދަ މުހިންމު ޚިދުމަތެއް ފެށިގެން ދިއުމަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ފަރުވާ ހޯދުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް ލިބުނު ބޮޑު ލުޔެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450