ދުނިޔެ

ސައުދީގެ 'ހިއުމެއިން' ކުންފުނިން އީލޮން މަސްކްގެ އެކްސް.އޭ.އައި އަށް 3 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފި

ސައުދީގެ 'ހިއުމެއިން' ކުންފުނިން އީލޮން މަސްކްގެ އެކްސް.އޭ.އައި އަށް 3 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފި

އިލޮމްމަސްކް އަދި ސައުދީގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ފެބްރުއަރީ 2026، 12:23

19 ފެބްރުއަރީ 2026، 12:23

ސައުދީ އަރަބިއްޔާގެ ސަރުކާރުގެ މަދަދުލިބޭ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނި، ހިއުމެއިން އިން މަޝްހޫރު މަހުޖަނު އީލޮން މަސްކްގެ އެކްސް.އޭ.އައި ކުންފުންޏަށް 3 ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއް ކޮށްފިކަން ބުދަ ދުވަހު އިއުލާންކޮށްފިއެވެ. މިއީ ސައުދީ އަރަބިއްޔާއާއި އީލޮން މަސްކާ ދެމެދު އޮތް މާލީ ގުޅުން އިތުރަށް ވަރުގަދަވެގެން ދިޔަ ކަމެކެވެ.

ރިޔާޟްގައި ގާއިމުކޮށްފައިވާ ހިއުމެއިން ކުންފުންޏަކީ ސައުދީގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އިސްނަންގަވައިގެން މިދިޔަ އަހަރު އުފެއްދެވި ކުންފުންޏެކެވެ. އެ ކުންފުނިން ބުނި ގޮތުގައި މި އިންވެސްޓްމަންޓް ކުރީ، އެކްސް.އޭ.އައި އާއި މަސްކްގެ ރޮކެޓް ކުންފުނި، ސްޕޭސްއެކްސް  އެއްކޮށްލައި، 1 ޓްރިލިއަން ޑޮލަރަށް ވުރެ އަގުބޮޑު ވިޔަފާރިއަކަށް އެ ކުންފުނި ބަދަލުކޮށްލާނެކަން މަސްކް އިއުލާން ކުރެއްވުމުގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ.

ހިއުމެއިން ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އިންވެސްޓްމަންޓާ އެކު އެ ކުންފުންޏަކީ އެކްސް.އޭ.އައިގެ މުހިންމު ހިއްސާދާރަކަށް ވެފައިވާ ކަމަށެވެ. އަދި ފަހުން އެ ހިއްސާތައް ސްޕޭސްއެކްސްގެ ހިއްސާގެ ގޮތުގައި ބަދަލުކުރެވިފައިވާ ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.

މި އިންވެސްޓްމަންޓް ކުރި ވަގުތުގެ ގޮތުން، މީގެ ސަބަބުން ސައުދީގެ ކުންފުންޏަށް މާލީ ގޮތުން ވަރަށް ބޮޑު ފައިދާއެއް ލިބޭނެ ކަމަށް ބެލެވެއެވެ. އެއީ މި ދެ ކުންފުނި އެއްކޮށްލައިގެން އުފެއްދި އާ ކުންފުނީގެ ހިއްސާ އާންމުންނަށް ވިއްކުމަށް މިއަހަރުގެ ފަހުކޮޅު އީލޮން މަސްކް ރާވަމުންދާތީއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450