ދުނިޔެ
އީރާނަށް ބިންހެލުމެއް އަތުވެއްޖެ
ބިންހެލުން މޮނިޓަރކުރުން---
އީރާނަށް ބިންހެލުމެއް އަތުވެއްޖެ އެވެ.
މިކަމާއި ގުޅިގެން ޖަރުމަނުގެ ރިސާޗް ސެންޓަރު ފޯ ޖިއޯސައިންސަސް (ޖީއެފްޒެޑް) އިން ބުނީ އީރާނުގެ ދެކުނުގެ ހިސާބުތަކަށް 5.5 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށެވެ. އަދި މި ބިންހެލުން އައިސްފައިވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށް ކަމަށް ޖީއެފްޒެޑް އިން ވަނީ ބުނެފައެވެ. ނަމަވެސް، މި ބިންހެލުމާއި ގުޅިގެން އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ލަފާކުރާ ގޮތުގައި އީރާނަށް އައި ބިންހެލުމުގެ ބާރުމިން ހުރީ 4.4 މެގްނިޓިއުޑްގަ އެވެ.
މި ބިންހެލުމުގެ އިހުސާސް ކުރެވުނު ކަމަށް ބެލެވޭ ހިސާބުތަކުގެ ތެރޭގައި ގާތްގަނޑަކަށް 35،000 މީހުންގެ އާބާދީއެއް އޮންނަ މޯހަރް އާއި ފާރސް ޕްރޮވިންސްގެ ކައިރި އަވަށްތަކުގައި ދިރިއުޅޭ މީހުން ހިމެނެއެވެ.
މި ބިންހެލުމުގެ ސަބަބުން އެ ސަރަޙައްދަށް އެއްވެސް ގެއްލުމެއް ވެފައެއް ނުވެއެވެ.