Ads by PNC

ޚަބަރު

ފްލެޓު ލިބުނުކަމުގެ ލިޔުން ލިބި ފްލެޓު ނުލިބޭ ފަރާތްތަކުން އެކަން ސާބިތުކޮށްދިނުމަށް އިތުރު ލުޔެއް

ފްލެޓު ލިބުނުކަމުގެ ލިޔުން ލިބި ފްލެޓު ނުލިބޭ ފަރާތްތަކުން އެކަން ސާބިތުކޮށްދިނުމަށް އިތުރު ލުޔެއް

ހިޔާ ޕްލެޓުގެ ޓަވަރުތައް--

farudhun logo

ފަރުދުން

19 ފެބްރުއަރީ 2026، 01:30

19 ފެބްރުއަރީ 2026، 01:30

ހިޔާ ނުވަތަ ވެށިފަހި މަޝްރޫޢުގެ ދަށުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ފްލެޓު ލިބުނުކަމުގެ ލިޔުން ލިބި ފްލެޓު ނުލިބޭ ފަރާތްތަކުން އެކަން ސާބިތުކޮށްދިނުމަށް އިތުރު ލުޔެއްދިނުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އެ ވުޒާރާއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، އެފަދަ ފަރާތްތަކަށް ފުލެޓު ލިބުނު ކަމުގެ ލިޔުން ލިބެން ނެތްނަމަ، ފުލެޓް ލިބޭނެކަން އެންގިކަން ސާބިތުކޮށްދޭ އެހެން ލިޔުމެއް ހުށަހެޅިދާނެކަމަށެވެ. އެގޮތުން ކަމާގުޅުންހުރި އިދާރާއެއްގެ ލިޔުމެއް ވެސް ހުށަހެޅިދާނެކަމަށް ވަނީ ބުނެފައެވެ.

ހިޔާ ނުވަތަ ވެށިފަހި މަޝްރޫޢު އިން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، ފުލެޓް ނުލިބޭ ފަރާތްތަކަށް ޚާއްސަ ކެޓަގަރީއަށް އެޕްލައި ކުރުމުގައި، ފުލެޓު ލިބޭނެ ކަމުގެ ލިޔުން ނެތްނަމަ، ފުލެޓް ލިބޭނެކަން ސާބިތުކޮށްދޭ އެހެން ލިޔުމެއް ހުށަހެޅިދާނެއެވެ. އެގޮތުން ކަމާގުޅޭ އިދާރާއަކުން ޢާންމުކޮށްފައިވާ ލިސްޓަކުން ނުވަތަ ދޫކޮށްފައިވާ އެހެން ލިޔުމަކުން އެފަރާތަކަށް ފުލެޓު ލިބޭނެކަން ކަށަވަރުވާނަމަ، އެފަދަ މަޢުލޫމާތެއް ނުވަތަ ލިޔުމެއް ހުށަހެޅިދާނެއެވެ.

އެ ވުޒާރާއިން ސޯޝަލް މީޑިއާގައި ޚިއްޞާކުރި މަޢުލޫމާތުގައި ވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450