ޚަބަރު
ރަމަޟާން މަހު ވެސް އިމިގްރޭޝަނުން ހުކުރު ދުވަހު ޕާސްޕޯޓު ދޫކުރާނެ
އިމިގްރޭޝަން އޮފިސަރުންތަކެއް މަސައްކަތުގައި / ފޮޓޯ: އިމިގްރޭޝަން
ފަރުދުން
19 ފެބްރުއަރީ 2026، 09:25
19 ފެބްރުއަރީ 2026، 09:25
ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން، ރަމަޟާން މަހު ހުކުރު ދުވަހު ވެސް އިމިގްރޭޝަނުން ޕާސްޕޯޓު ދޫކުރާނެކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.
އިމުގާ މެދުވެރިކޮށް އޮންލައިންކޮށް ކޮންމެ ވަގުތަކު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، މާލެ ސަރަޙައްދުގައި ޕާސްޕޯޓާ ހަވާލުވުމަށް އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކިއުބީ މެދުވެރިކޮށް ނަންބަރު ދޫކުރާނީ ކޮންމެ ދުވަހެއްގެ ހެނދުނު 09:15 އިން 13:00 އަށެވެ. އަދި ހުކުރު ދުވަހު ނަންބަރު ދޫކުރަން ހަމަޖެހިފައިވަނީ ހެނދުނު 09:15 އިން 11:00 އާ ހަމައަށެވެ.
އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ އިމިގްރޭޝަންގެ އޮފީސްތަކުން ޕާސްޕޯޓު ދޫކުރުމަށް ހަމަޖެހިފައި ވަނީ ހެނދުނު 09:15 އިން ފެށިގެން 12:00އާ ހަމައަށެވެ. އަތޮޅުތެރޭގެ އޮފީސްތަކުން ހުކުރު ދުވަހު ޕާސްޕޯޓު ދުލެއް ނުކުރާނެއެވެ.
އަދި މެޑިކަލް އިމަރޖެންސީގައި ޕާސްޕޯޓުގެ ޚިދުމަތް ބޭނުންވާ ފަރާތްތަކުން 9555333 ގުޅުއްވައިގެން ކުރިއަށްގެންދިއުމަށް އިމިގްރޭޝަނުން އެދެއެވެ.
އިމިގްރޭޝަނުން ވަނީ އެ އިދާރާއިން ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދޭނެ ގަޑިވެސް އާންމުކޮށްފައެވެ.
- ވިސާގެ ޚިދުމަތް:
އީ ވިސާއަށް އެދި ހުށަހެޅުން: އިމުގާ މެދުވެރިކޮށް 24 ގަޑިއިރު
އޮފީސް ހުޅުވިފައި ހުންނާނެ ގަޑި: ހެނދުނު 09:00 އިން 13:00 އަށް (ސްޓަރ ކްލައުޑް 8ވަނަ ފަންގިފިލާ)
- އިމިގްރޭޝަންގެ އެންފޯސްމަންޓު އެންޑް ކޮމްޕްލަޔަންސް ޑިވިޜަން:
ރިޕެޓްރިއޭޝަންއާ ގުޅުންހުރި ޚިދުމަތްތައް: ހެނދުނު 09:00 އިން މެންދުރު ފަހު 14:00 އަށް
- ސީޕޯޓު ޚިދުމަތްތައް:
ހުކުރު ދުވަސް ނޫން އެހެން ކޮންމެ ދުވަހެއްގެވެސް ފަތިހު 05:20 އިން މެންދުރު 12:00 އަށް އަދި 13:00 އިން 17:30އަށް. އަދި ރޭގަނޑު 20:00 އިން ފަތިހު 04:00 އާހަމައަށް
ހުކުރު ދުވަހު ސީޕޯޓުގެ ޚިދުމަތްތައް: މެންދުރު ފަހު 14:30 އިން ހަވީރު 17:30އަށް އަދި ރޭނގަނޑު 20:00 އިން ފަތިހު 04:00 އާހަމައަށް. އަދި ފަތިހު 05:30 އިން ހެނދުނު 08:00 އަށް.
އަތޮޅު ތެރޭގެ ސީޕޯޓު އޮފީސްތައް ހުޅުވިފައި ހުންނާނީ ހެނދުނު 9:00 އިން މެންދުރުފަހު 13:00އަށް