Ads by PNC

ޚަބަރު

ދުވާލު ކައިގެން ދެ މީހަކު ހައްޔަރުކޮށްފި

ދުވާލު ކައިގެން ދެ މީހަކު ހައްޔަރުކޮށްފި

ފުލުސް އޮފިސަރަކު މަގުމަތީގެ ޓްރެފިކް ބަލަހައްޓަނީ / ފޮޓޯ: ޕޮލިސް

farudhun logo

ފަރުދުން

19 ފެބްރުއަރީ 2026، 11:08

19 ފެބްރުއަރީ 2026، 11:08

ރޯދަމަހު ދުވާލު ކައިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ގދ. ވާދޫ / ޖަވާހިރުމާގެ، ރާއިފް އަލީ (25އ.) އަދި ސ. ފޭދޫ / ޔެލޯ ހައުސް، މުހައްމަދު ޝިއުނީޒް (41އ.)އެވެ. 

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާގޮތުން، ރާއިފް ވަނީ މަގުމަތީގައި ޗުވިންގަމް ކައިފައެވެ. ނަމަވެސް ޝިއުނީޒްގެ މައްސަލައިގެ ތަފްސީލެއް އެ އަމުރުގައި ހާމަކޮށްފައެއް ނުވެއެވެ.

އެ އަމުރުގައި އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ދެ މީހުންނަކީ ވެސް ބަންދު ކުރުމާއި ހައްޔަރުގެ ރެކޯޑް އޮންނަ ދެ މީހުންނެވެ.

އެ މައްސަލައިގައި ރާއިފް ހަތް ދުވަހަށް ބަންދުކުރުމަށް އަދި ޝިއުނީޒް ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450